މަސައްކަތް
ނަންބަރު: 957/IUL/2026/007
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 16 އޭޕްރިލް 2026 09:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޅެއްބެހެއްޓުމުގެ މަސައްކަތްކުރުން

ނަމްބަރު:957/1UL/2026/007

އިޢުލާން


ވަޅެއްބެހެއްޓުމުގެ މަސައްކަތްކުރުން.

          މިމަދަރުސާގެ ގޯތިތެރޭގައި ވަޅެއްބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފާރާތެއް ހޯދަން ބޭނުންވެއެވެ.

 

         ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2026 އެޕްރީލް 12 ވާ އާދިއްތަ ދުވަހުގެ 9:00 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2026 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

  19 ޝައްވާލް 1447

07 އެޕްރީލް 2026

07 އޭޕްރިލް 2026