ވަޒީފާގެ ފުރުޞަތު
ނަންބަރު: MGPL-HR/AD/15-36
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 22 ޑިސެންބަރު 2015 14:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސީނިއަރ އޮފިސަރ (ގްރޭޑް 4)

ބޭނުންވާ އަދަދު: 1 (އެކެއް)    

މަސައްކަތް ކުރަންޖެހޭ ތަން: ކ. ތިލަފުށި، ޕްރޮޑަކްޝަން އެންޑް އިންޖިނިއަރިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/8،500 ރުފިޔާ (އަށްހާސް ފަސް ސަތޭކަ ރުފިޔާ)

ޢިނާޔަތްތައް: މުސާރައިގެ އިތުރުން، ކޮއްތު ފައިސާއާއި، އެހެނިހެން އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- އެލް. ޕީ. ޖީ. ފިލިން މެޝިނަރީސް، އޮކްސިޖަން ޕްލާންޓް ހިންގައި، ކުރަންޖެހޭ މަރާމާތުކޮށް ބެލެހެއްޓުން.

- އެލް. ޕީ. ޖީ. ސިޕްމަންޓް ޑިސްޗާޖްކުރުމުގެ މަސައްކަތް މޮނީޓަރކޮށް ބެލެހެއްޓުން.

- އިކްއިޕްމަންޓާއި، ޕްލާންޓްގެ ކޮލިޓީ ކޮންޓްރޯލް ކަންތައްތައް، މަސައްކަތަށް ބޭނުންވާ މެޓީރިއަލް ސްޓޮކް އަދި ސްޕެއަރ ޕާރޓްސް ހޯދައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ޓެކްނިކަލް ދާއިރާއެއްގައި މަދުވެގެން 3-1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ޓެކްނިކަލް ދާއިރާއެއްގައި މަދުވެގެން 5-3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- އުމުރުން 25 އަހަރާއި 45 އަހަރާ ދެމެދު މީހަކަށް ވާންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޯޝަން (އެޕްލިކޭޝަން ފޯމު، މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.
ސުންގަޑި:

22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

އިންޓަވިއު:
މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:
ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންޖެހޭ އެޑްރެސް:

ހިއުމަން ރިސޯސް ޑިޕާޓްމަންޓް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

  2 ވަނަަ ފަންގިފިލާ 21-02 އެސް. ޓީ. އޯ ޓްރޭޑް ސެންޓަރ،

އޯކިޑްމަގު، މާލެ

ފޯން: 3335614   ފެކްސް: 3335615

އީމެއިލް: career@maldivegas.com

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މޯލްޑިވް ގޭސްގެ 3335614 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

6 ރަބީޢުލްއައްޥަލް 1437

17 ޑިސެންބަރު 2015