ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން ފަސްކުރުން
މި ކޮމިޝަނުގެ ނަންބަރު (IUL)168-CA/1/2026/29 (24 މާރިޗު 2026) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
2026 އޭޕްރީލް މަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ޙަވާލާދީފައިވާ މި ކޮމިޝަނުގެ ޢިއުލާނުގައި މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް ބަޔާންކޮށްފައިވާ ތާރީޚް ފަސްކުރެވިފައިވާކަމުގައި ދަންނަވަމެވެ. ދެން މި ތަކެތި ނީލަންކިޔުން އޮންނާނީ 7 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި މ. ޗަނބޭލީވިލާ / ކ. މާލެ (ސްޓަރކްލައުޑްސް ބިލްޑިންގ / 12 ވަނަ ފަންގިފިލާ) ގައެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ކޮމިޝަނަށް ފައިސާ ދެއްކެވުމަށްފަހު 3 ދުވަސްތެރޭގައި އެ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ އައިޓަމެއް ވަކިން / ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ ނަންބަރު 3003120 ފޯނަށް ގުޅުއްވުން އެދެމެވެ.
16 ޝައްވާލް 1447
04 އޭޕްރީލް 2026