ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2026/167
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 16:40
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 - ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

(IUL)38-AC/38/2026/167 :ނަންބަރު

އިޢުލާން

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/43 (17 ޖަނަވަރީ 2026) ، (IUL)38-AC/38/2026/44 (17 ޖަނަވަރީ 2026) އަދި  (IUL)38-AC/38/2026/121 (17 ފެބުރުވަރީ 2026) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑި 17:00 އަށް އިތުރުކުރުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2026