ދިވެހިރާއްޖެ
2016 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ
2016 ވަނަ އަހަރަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: IUL/2015/116/ފ189-GS ވަނަ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.
މާމެންދޫ ސްކޫލުގެ ސެކިއުރިޓީ 2016 ވަނަ އަހަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 24 ވަނަދުވަހުގެ މެންދުރު 12:00 ގައި މަޢުލޫމާތު ސާފުކުރައްވަން ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2015 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައެވެ.
ނޯޓް: މަޢުލޫމާތު ނަންގަވަން އަންނަ ފަރާތްތަކުން އައިޑީކާޑު ގެންނަވަންވާނެއެވެ. މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ނެންގެވުމަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުވިދާނެއެވެ. ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ނެންގެވޭނީ 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ.
5 ރަބީޢުލްޢައްވަލް 1437