ދިވެހިރާއްޖެ
މި ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސ. ހިތަދޫގައި އެޖެންސީ ޕޯސްޓްއޮފީހެއް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 24 ޑިސެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މި ކުންފުނީގެ ސ. ހިތަދޫ ޕޯސްޓްއޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ސިޓީ ފޮނުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ދޭގޮތަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިކަން ފާޅުކުރައްވައި ސިޓީ ފޮނުއްވާ ފަރާތްތަކަށެވެ.
ސ. ހިތަދޫގައި އެޖެންސީ ޕޯސްޓްއޮފީހެއް ހިންގައިދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި ސިޓީ ފޮނުއްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން، 26 ޑިސެންބަރު 2015 (ހޮނިހިރު) ދުވަހު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ހެޑްއޮފީހުގެ 5 ވަނަ ފަންގިފިލާގައާއި ސ. ހިތަދޫ ޕޯސްޓް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެންބަރު 2015 ގެ އޮފީސް ބަންދުވުމުގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
6 ރަބީޢުލްއައްވަލް 1437