ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2026/11
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 15 އޭޕްރިލް 2026 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓޭޓް އެޓަރނީ

މަޤާމު:

ސްޓޭޓް އެޓަރނީ

މަޤާމުގެ ނަންބަރު:

LP7-2026-14

ބޭނުންވާ އަދަދު:

01

މަޤާމުގެ ބާވަތް:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

07

މަޤާމުގެ ކްލެސިފިކޭޝަން:

ސްޓޭޓް އެޓަރނީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

-/14,785 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/6,900 ރުފިޔާ

ހާޒިރީ އެލަވަންސް:

-/185ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ދާއިރާ:

ލޯ (ޤާނޫނީ ގޮތުން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުގެ މެންޑޭޓުގައި ހިމެނޭ އެންމެހައި ޤާނޫނީ ލަފާ ދިނުމާ ގުޅޭ މައްސަލަތަކާއި ލިޔުންތައް ދިރާސާކުރުމާއި، އޮފީހުން ފޯރުކޮށްދޭންޖެހޭ ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.  
  2. ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ދިވެހިރާއްޖޭން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ސަރުކާރަށް ދޭންޖެހޭ ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.   
  3. ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާ ގުޅޭ ގޮތުން ޤާނޫނީ ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
  4. ރާއްޖޭން ބޭރުގައި މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރީމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރީމަންޓް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ތައްޔާރުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ލީގަލް އޮޕީނިއަންތަކުގެ ޑްރާފްޓްތައް އެކުލަވާލައި ނިންމުން.
  5. ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކާ ގުޅިގެން ޤާނޫނީ ލަފާ ދިނުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން. 
  6. ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުންއެރުން ހުރި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެ ގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާބެހޭ ގޮތުން ޤާނޫނީ ލަފާ ދިނުން.
  7. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤުކުރުމާ ގުޅޭގޮތުން ސަރުކާރަށް ބޭނުންވާ ޤާނޫނީ ލަފާދިނުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
  8. ޤާނޫނުއަސާސީންނާއި ޤާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމާއި، އާބިޓްރޭޝަނާއި މީޑިއޭޝަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ދިވެހި ދައުލަތް ތަމްސީލްކުރުމުގެ މަސައްކަތުގައި އޮފީހުގެ އެޓަރނީންނަށް އެހީތެރިވެދިނުމާއި މަސައްކަތްކުރުން.
  9. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ދަށުން ތައްޔާރުކުރާ ބިލުތަކަށް ބޭނުންވާ ދިރާސާތަކާއި ޑްރާފްޓްކުރުމުގެ މަސައްކަތްތަކުގައި އޮފީހުގެ އެޓަރނީންނަށް އެހީތެރިވެދިނުމާއި މަސައްކަތްކުރުން.
  10. އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ޖަވާބުދާރީވާން ކަނޑައެޅިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ރިޕޯޓުކުރުމުގެ މަސައްކަތްތަކުގައި އޮފީހުގެ އެޓަރނީންނަށް އެހީތެރިވުމާއި އެ މަސައްކަތްކުރުން.
  11. މީގެ އިތުރުން އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)  
  2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް. (އެޓެސްޓްކޮށްފައި)
  4.  އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5.  މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ         (އެޓެސްޓްކޮށްފައި):

  • ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ މަޤާމާއި ރޭންކް، ކްލެސިފިކޭޝަން، ލިބޭ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އުވާލާފައިވާ އިދާރާއެއްނަމަ، މި އޮފީހުގެ ވެބްސައިޓުގައި "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމު"، އެ އިދާރާއަކަށް ނިސްބަތްވާ އިސްވެރިއެއް މެދުވެރިކޮށް ފުރިހަމަކުރުމަށް.

   7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ       އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]  އަށެވެ.
  • އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ މޭ މަސް ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް              https://agoffice.gov.mv/dv/publications?category=26އިން ލިބެން ހުންނާނެއެވެ.
02 އޭޕްރިލް 2026