ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2026/13
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 15 އޭޕްރިލް 2026 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕްރިންސިޕަލް އައި.ސީ.ޓީ އޮޕަރޭޝަންސް ޓެކްނީޝަން (ވަގުތީ)

މަޤާމު:

ޕްރިންސިޕަލް އައި.ސީ.ޓީ އޮޕަރޭޝަންސް ޓެކްނީޝަން (ވަގުތީ)

މަޤާމުގެ ނަންބަރު:

ITP8-2026-1

ބޭނުންވާ އަދަދު:

01

މަޤާމުގެ ބާވަތް:

ވަގުތީ (ކޮންޓްރެކްޓް – 02 އަހަރު)

ޕަބްލިކް ސަރވިސް ރޭންކް:

08

މަޤާމުގެ ކްލެސިފިކޭޝަން:

އައި.ސީ.ޓީ އޮޕަރޭޝަންސް އެންޑް ޔޫސަރ ސަޕޯޓް ޓެކްނީޝަނުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

-/12،145 ރުފިޔާ 

މަޤާމުގެ އެލަވަންސް:

-/5،670 ރުފިޔާ

ހާޒިރީ އެލަވަންސް:

-/155 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާތައް

 

  • އިންފޮމޭޝަން ޓެކްނޯލޮޖީ، ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ، ނެޓްވަރކިންގ، ޕްރޮގްރާމިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިވެލޮޕްމަންޓް، ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން.
  • ކޮމްޕއުޓަރ ސައިންސް، ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ،ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޮލޮޖީ، ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމާއި އައިސީޓީ މެދުވެރިކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ޕްލޭންކުރުމަށް އެހީތެރިކަން ދިނުމާއި، ޕްރޮޖެކްޓްތައް ހިންގައި، އެ ޕްރޮޖެކްޓްސްތަކުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދައި، އެ ފަރާތްތަކާ މަސައްކަތްތައް ޙަވާލުކުރުމާއި، މަސައްކަތްތައް މޮނިޓަރކުރުމާއި، ނިންމަންޖެހޭ ވަގުތުތަކަށް މަސައްކަތްތައް ނިންމާކަން ކަށަވަރުކުރުމާއި، މަސައްކަތްތައް ނިންމުމަށް އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޕްރޮޖެކްޓް ނިންމުން  .
  2. އައި.ޓީ އާއި ގުޅުން ހުރި ޕްރޮޖެކްޓްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް، މަސައްކަތުގެ ޕްރޮގްރެސް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ބަލަހައްޓައި، އައި.ޓީ އާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހަވާލުކުރެވޭ ފަރާތްތަކާއި ކުރެވޭ މުއާމަލާތްތައް ހަރުދަނާގޮތެއްގައި ރެކޯޑްކޮށް ބެލެހެއްޓުން .
  3. އޮފީހުގެ މަސައްކަތްތަކުގައި މައިކްރޮސޮފްޓް 365 އަށް މައިގްރޭޓްކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގައި ބަލަހައްޓައި، އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމަށާއި ޑިޖިޓަލައިޖްކުރުމަށްޓަކައި ބޭނުންވާ އެންމެހައި މުހިންމު އާލާތްތައް ބޭނުންކުރާނެ ގޮތްތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، އޮފީހަށް މައިކްރޮސޮފްޓް 365 ރޯލް-އައުޓް ކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން. 
  4. އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް 'ކެޕްލަރ' އަޕްގްރޭޑްކުރުމަށް ބޭނުންވާ ބަދަލުތައް ދެނެގަނެ، ކެޕްލަރ ޑިވެލޮޕަރސްއާ ގުޅިގެން އެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. އޮފީހުގެ ޑޯ-ލޮކް ސިސްޓަމްތައް އަފްގްރޭޑްކުރުމާއި އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމްއާ އިންޓަރްރޭޓް ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ނިންމުން.
  6. ކްލައުޑްގައި ހޯސްޓުކުރެވިފައިވާ ސިސްޓަމްތަކުގެ ހާލަތު ބަލާއި މޮނިޓަރކުރުމާއި، އެޕްލިކޭތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން.
  7. އޮފީހުގެ ބޭނުންކުރާ ހުރިހާ ސޮފްޓްވެއަރތަކާއި އެޕްލިކޭޝަންތައް ރަނގަޅަށް މަސައްކަތްކުރޭތޯ ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުމާއި، ސޮފްޓްވެއަރތަކަށް އަންނަ އަޕްޑޭޓްތަކާއި ޕެޗްތައް ގަވާއިދުން އިންސްޓޯލްކޮށް، ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސޮފްޓްވެރ ބޭންކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންނާއި އިރުޝަދު ދިނުން.
  8. އެޕްލިކޭޝަންތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  9. މިނޫންވެސް އޮފީހުގެ އައިސީޓީ އަދި ޑިޖިޓަލައިޒޭޝަން ދާއިރާއިން ޙަވާލުކުރާ އެންމެހައި މަސައްކަތެއްކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

1)  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)  

2)  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3)  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް (އެޓެސްޓްކޮށްފައި).

4)  އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5)  މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛

  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6)  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):

  • ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ މަޤާމާއި ރޭންކް، ކްލެސިފިކޭޝަން، ލިބޭ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އުވާލާފައިވާ އިދާރާއެއްނަމަ، މި އޮފީހުގެ ވެބްސައިޓުގައި "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމު"، އެ އިދާރާއަކަށް ނިސްބަތްވާ އިސްވެރިއެއް މެދުވެރިކޮށް ފުރިހަމަކުރުމަށް.

7)  18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޭޕްރިލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]  އަށެވެ.
  • އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ މޭ މަސް ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް              https://agoffice.gov.mv/dv/publications?category=26އިން ލިބެން ހުންނާނެއެވެ.
02 އޭޕްރިލް 2026