ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2026/57
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 08 އޭޕްރިލް 2026 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ (ދާއިމީ)

 

ވަޒީފާގެ ފުރުޞަތު

 

މި ޔުނިވަރސިޓީގެ ނަންބަރ (IUL)170-HR/170/2026/54 (31 މާރިޗު 2026) އިޢުލާނުގެ ބައެއް މަޢުލޫމާތުތަކަށް ބަދަލު ގެނެވިފައިވާ ވާތީ އެ އިޢުލާނު ބާޠިލުކޮށް އެމަޤާމަށް އިޢުލާނުކުރަމެވެ.

 

 

 

މަޤާމު، ރޭންކް އަދި ބާވަތް:

ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ (ދާއިމީ)

 

  • ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ (ހަދީޘް އަދި ޤިރާއަތު ދާއިރާއަށް)
  • ކުއްލިއްޔާ އޮފް އެޑިއުކޭޝަން (ސެން އަދި އެޑިއުކޭޝަން ދާއިރާއަށް)
  • ކުއްލިއްޔާ އޮފް އަރަބިކް ލެންގްވޭޖް (އަރަބި)
  • ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (އިސްލާމް)

ބޭނުންވާ އަދަދު: 7

މަސައްކަތްކުރަން ޖެހޭ ތަން / ކުއްލިއްޔާ / ކެމްޕަސް:

  • ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ - 3 މުވައްޒަފުން
  • ކުއްލިއްޔާ އޮފް އެޑިއުކޭޝަން - 2 މުވައްޒަފުން
  • ކުއްލިއްޔާ އޮފް އަރަބިކް ލެންގްވޭޖް - 1 މުވައްޒަފު
  • ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް - 1 މުވައްޒަފު

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، މެއިން ކެމްޕަސް، މާލެ (ޔުނިވަރސިޓީގެ އަތޮޅު ތެރޭގައިވާ ކެމްޕަސްތަކުގެ ތެރެއިން ކްލާސްތައް ނަގައިދެން ހަވާލުކުރާ ކެމްޕަހަކަށް / ކެމްޕަސްތަކަކަށް ގަވާއިދުން ދަތުރުކުރެވެން ވާނެއެވެ.)

 

 

މަޤާމުގެ ޝަރުޠުތައް:

ސީނިއަރ ލެކްޗަރަރ ޕަބްލިކް ސަރވިސް ރޭންކް 9 (ދާއިމީ)

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 އަދި ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދު ހާސިލުކޮށްފައިވުން. އަދި، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. އަދި، އެކަޑެމިކް އުފެއްދުންތެރިކަން ލިބިފައިވާކަމަށް ޔުނިވަރސިޓީން ކަނޑައަޅާ މިންގަނޑު ހާސިލުވެފައިވުން. (މި މިންގަނޑު އިއުލާނާއެކު، އެޓޭޗްކުރެވިފައިވާނެއެވެ.)

 

ލެކްޗަރަރ، ޕަބްލިކް ސަރވިސް ރޭންކް 8 (ދާއިމީ)

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއި، އެލަވަންސްތައް:

ސީނިއަރ ލެކްޗަރަރ

އަސާސީ މުސާރަ: 18,503.00 ރުފިޔާ

މަޤާމުގެ އެލަވަންސް: 10,597.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 287/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ލެކްޗަރަރ

އަސާސީ މުސާރަ: 17,808.00 ރުފިޔާ

މަޤާމުގެ އެލަވަންސް: 8,311.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 225 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ތަޢުލީމީ ރޮނގުތައް:

ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ

ޢުލޫމުލް ޙަދީޘް، އިސްލާމިކް ސްޓަޑީސް، އުޞޫލުލް ދީން، އިސްލާމިކް ޖުރިސްޕްރޫޑަންސް، އިސްލާމިކް ލީޑަރޝިޕް، ޝަރީއާ، ޤުރްއާނިކް ސައިންސަސް، ތަފްސީރު، އިޖާޒަތުލްޤިރާއާ ވަލްއިޤްރާއު، ޤްރްއާނިކް ސްޓަރޑީޒް

ކުއްލިއްޔާ އޮފް އެޑިއުކޭޝަން

ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން)، އިންކުލޫސިވް އެޑިއުކޭޝަން، އިސްލާމް، ޑިފަރެންސިއޭޓެޑް ލަރނިންގ، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ލީޑަރޝިޕް، ޓީޗިންގ، އެޑިއުކޭޝަން، ކަރިކިއުލަމް

ކުއްލިއްޔާ އޮފް އަރަބިކް ލޭންގުއޭޖް

އަރަބިކް ލޭންގުވިޖް/ލިޓްރޭޗަރ، އިސްލާމީ އިލްމުގެ ދާއިރާތައް، އަރަބިކް ލޭންގުވިޖް/ލިޓްރޭޗަރ ދާއިރާއިން ޓީޗިންގ/އެޑިޔުކޭޝަން، އިސްލާމީ ޢިލްމުގެ ދާއިރާތަކުން ޓީޗިންގ/އެޑިޔުކޭޝަން، އަދި އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

އިސްލާމިކް ސްޓަޑީޒް، އިސްލާމިކް ތޯޓްސް، ފިޤްޙް، އުޞޫލުލް ފިޤްހު، ހިއުމަން ސައެންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ލީޑަރޝިޕް، ޓީޗިންގ، އެޑިއުކޭޝަން، ކައުންސެލިންގް

މަސައްކަތުގެ ދާއިރާތައް:

މަތީ ތަޢުލީމުގެ ދާއިރާގައި ކިޔަވައިދިނުމުގެ މަސައްކަތު ތަޖުރިބާ، ތަފާތު ދާއިރާތަކުގައި އުނގަންނައި ދިނުމާއި ކިޔަވައިދިނުމުގެ ތަޖުރިބާ، ކިޔަވައިދޭ ދާއިރާއާގުޅޭ ސިނާއާތުގައި ޙާޞިލުކޮށްފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ދާއިރާއެއްގައި ޕްރެކްޓިސްކޮށް ލިބިފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ގޮތުން ދިރާސާކުރުމާއި ޕަބްލިކޭޝަންގެ މަސައްކަތުގެ ތަޖުރިބާ

 

މަޤާމުގެ މަސްއޫލިއްޔަތު:

ސީނިއަރ ލެކްޗަރަރ

1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއ، ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވަރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން

2. ކިޔަވައިދޭ މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން

3. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން

4. އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން

5.  އިދާރާއާގުޅޭ ރިސަރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް ޢަމަލީ ގޮތުން ކުރުން

6.  އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން

7.  ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި، ހަރުދަނާ އެކެޑަމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމްކުރުމަށް އިސްނަގައިގެން މަސައްކަތްތައްކުރުން

8. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން

9. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

10. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން

11. ދަރިވަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުން

12. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން

13. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން

14. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން

15. ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން

 

ލެކްޗަރަރ

  1. ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ މާއްދާތަކާއި ކޯސްތަކުގައި ކިޔަވައި ދިނުމާއި އެ ކޯސްތައް ކޯޑިނޭޓްކުރުން
  2. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން
  3. ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
  4. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއ، ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވަރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން
  5. ކިޔަވައިދޭ މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން
  6. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން
  7. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުމާއި އިންވިޖިލޭޓްކުރުން
  8. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން
  9. އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން
  10. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން
  11. ކިޔަވައި ދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީ އާ ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވެ ޔުނިވަރސިޓީ ޕްރޮމޯޓް ކުރުން
  12. އިދާރާއާގުޅޭ ރިސަރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް ޢަމަލީ ގޮތުން ކުރުން
  13. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން
  14. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
  15. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން
  16. އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢު ކުރުމަށް މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ނޯޓު: ލިބިފައިވާ ހުނަރަށް ޕޮއިންޓް ދިނުމުގައި، އަރަބި ބަސް ދަންނަ، އަރަބި ބަހުން ކިޔަވައިދެއްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި، ގިނަ މޮޑިއުލްސްތައް ތައްޔާރުކޮށް ކިޔަވައިދެވޭނެ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ސީނިއަރ ލެކްޗަރަރގެ މަޤާމުގެ ދެވަނަ ޝަރުޠުން މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ޔުނިވަރސިޓީގެ އެކެޑަމިކް ޕްރޮފެޝަނަލުންގެ އެކެޑަމިކް އުފެއްދުންތެރިކަން ބަލާ މިންގަނޑުގައި އެވާ ބައިތަކުން އުފެއްދުންތެރިކަން ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  • https://forms.gle/DZ4hBfBdqMVpWjsH7
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

2026 އެޕްރީލު 8 ވަނަ ދުވަހުގެ 23:59 އަށް

 

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 9 އެޕްރީލު 2026 އިން 30 އެޕްރީލު 2026 އާއި ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405 ހޮޓްލައިނަށެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

 

         

02 އޭޕްރިލް 2026