މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/SH-FAH/2015/38
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 30 ޑިސެންބަރު 2015 13:30
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ނަރުދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ.ނަރުދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލް ނަންބަރު: IUL)SH-FAH-RM/SH-FAH/2015/23)ފ(17 އޮގަސްޓު 2015) އިޢުލާނަށް ހުށަހެޅި އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ނަރުދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ނަރުދޫ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

10 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2015