ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކައުންސެލަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މަރަދޫ ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މަރަދޫ ސްކޫލް، މަރަދޫ، އައްޑޫސިޓީ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބަލަހައްޓައި ނަޞޭޙަތްދިނުން.
2- އެކިއެކި މައްސަލަތައް ދިމާވާ ކުދިންގެ ބެލެނިވެރިންނާ ގުޅައި، އެ މައްސަލަތައް ވީހާވެސް އަމާންއޮމާންކޮށް ޙައްލުކުރުން.
3- ސްކޫލުގައި ކިޔަވާ ދަރިވަރުންނަކީ މުސްތަޤްބަލާ ދޭތެރޭ މާބޮޑު ވިސްނުމެއް ނުވިސްނާ ބަޔަކަށްވާތީ، ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމް ހިންގުން.
4- ދޭދޭ ދަރިވަރުންގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި ގޯނާއިން ދަރިވަރުން ސަލާމަތްކުރުން.
5- ސްކޫލްގެ މާޙައުލަކީ ރައްކާތެރި މާޙައުލަކަށް ހެދުމަށް ސްކޫލުގެ މެނޭޖްމަންޓަށް އެހީތެރިވުން.
6- ކުދިންގެ ހިތްތަކުގައި އާންމު ޚިދުމަތުގެ ރޫޙު އާލާކޮށް، މުޖުތަމަޢުގައި ތިބޭ ކަންކަމަށް ބޭނުންޖެހިފައިވާ މީހުންގެ އިޙުސާސްތައް ދެނެގަނެ، އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދިނުން.
މަޤާމުގެ ޝަރުޠު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމް: ލެބޯޓްރީ އެސިސްޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މަރަދޫ ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މަރަދޫ ސްކޫލް، މަރަދޫ، އައްޑޫސިޓީ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގެ ސައެންސް ލެބޯޓްރީގައިވާ ހުރިހާ އިކުވިޕްމެންޓާއި ކެމިކަލާއި އެހެނިހެން ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، އެތަކެތި ހުންނަންވާ ތަންތަނުގައި ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
- ޓައިމްޓޭބަލް ކުރެވިފައިވާގޮތަށް ލެބޯރޓްރީ ގަޑިތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމާއި، އެ ގަޑިތައް ނެގުމުގައި ޓީޗަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގަޑި ނިމިގެން، ބޭނުންކުރި ހުރިހާ އެއްޗެއް ސާފުކޮށް ހުންނަންވާ ތަންތަނަށްލައި ރައްކާކުރުން.
- ކާނާގެ އެއްވެސް ބާވަތެއް ލެބޯޓްރީއަށް ނުވެއްދުމާއި، ކެމިކަލްފަދަ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ، ކަމާބެހޭ ފަރާތަށް ވަގުތުން އަންގައިގެން އަވަސް ޙައްލު ހޯދުން.
މަޤާމުގެ ޝަރުޠު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ، 2015 ޑިސެންބަރު 31 ވަނަ ދުވަހު މަރަދޫ ސްކޫލުގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަރަދޫ ސްކޫލުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ޑިސެންބަރު 28 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މަރަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
ނޯޓް:
- މި ޢިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަރަދޫ ސްކޫލުގެ 6890685 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
5 ރަބީޢުލްއައްޥަލް 1437