ދިވެހިރާއްޖެ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ގެ ތެރެއިން، 28 ޑިސެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައި، އެ ކެޓަގަރީގެ ޝަރުތުތަކާއި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، ޕޮއިންޓު ދިނުމުގެ އުސޫލާއި، ހައުސިންގ ޔުނިޓު ކަނޑައަޅާ ގޮތްތައް ހިމަނައި، ބުނެވިދިޔަ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމަށްޓަކައި 11 މާރިޗު 2026ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލާ ހަވާލާދީ ދަންނަވަމެވެ.
ބުނެވިދިޔަ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު، 01 އެޕްރީލް 2026 ވާބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ވަނި ހުޅުވާލެވިފައެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ބުނެވިދިޔަ ކެޓަގަރީގެ ދަށުން ފުލެޓަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި އިޢުލާނުގެ ޖަދުވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.
މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ގުޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ އީމެއިލް: [email protected] އަށް ހުށަހަޅުއްވައިގެންވެސް މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.