ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު ((IUL)10-DOFL/10/2025/189) (ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްކުރުމާ ގުޅޭ) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މި މިނިސްޓްރީއިން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން 2026 މެއި 02 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
އަދި ދަންނަވަމެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެކަން އަންގަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
13 ޝައްވާލް 1447