ތަމްރީނު
ނަންބަރު: (IUL)475-LOAN/475/2026/39
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 31 ޑިސެންބަރު 2026 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

2026 ވަނަ އަހަރުގެ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

މި އިޢުލާނު ޝާއިޢުކުރުމާގުޅިގެން 2026 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުލިބުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ހުޅުވާލެވިފައެވެ.

މި އިޢުލާނާގުޅިގެން ލޯނު ލިބުން އެދި ހުށަހަޅަންވާނީ، ދިވެހިސަރުކާރުގެ ގެޒެޓްގައި އެންމެފަހުން ޝާއިޢުކޮށްފައިވާ "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން ޝަރުތު ހަމަވާ ފަރާތްތަކުންނެވެ.

ލޯނަށް އެދެވޭނެ ފަރާތްތަކުގެ ޝަރުތުތައް:

ލޯނުދިނުމަށް ހުޅުވާލައިފައިވާ ތަފާތު ފުރުސަތުތައް ތިރީގައި މިވަނީއެވެ.

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމުތައް.

2- ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތައް.

3- މެޑިކަލް ސްޕެޝަލައިޒޭޝަން ޕުރޮގުރާމުތައް.

4- މެޑިކަލް ފެލޯޝިޕް ޕުރޮގުރާމުތައް.

5- ކުރިން ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް  ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީއެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތުތައް.

6- ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތުތައް.

ލޯނުދިނުމަށް ހުޅުވާލައިފައިވާ ފުރުސަތުތައް:

ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ދާއިރާތައް  https://kuri.gov.mv  ޕޯޓަލުން ފެންނަން ހުންނާނެއެވެ.

ދާއިރާ:

ލޯނަށް އެދި އެޕްލިކޭޝަން  ފޯމު  ހުށަހެޅުން:

-ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މި މިނިސްޓްރީގެ އޮންލައިން ޕޯޓަލް https://kuri.gov.mv މެދުވެރިކޮށެވެ.

 

ލޯނަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

ލޯނަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކާއެކު، ތިރީގައި މިވާ ލިޔުންތަކުގެ ތެރެއިން އެ އެޕްލިކޭޝަނަކާގުޅޭ ގޮތުން ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ހުރިހާ ލިޔުން ތަކެއް ހުށަހަޅަން ވާނެއެވެ.

1. ލޯނަށް އެދި ހުށަހަޅާ ފަރާތުގެ އައި.ޑީ. ކާޑް ކޮޕީ.

2. ނިއު ބޮރޮވަރ ގެ އައި.ޑީ. ކާޑް ކޮޕީ (ލޯނަށް އެދެނީ 18 އަހަރަށްވުރެ ހަގުފަރާތެއްނަމަ) ގެރެންޓަރގެ އައި.ޑީ. ކާޑް ކޮޕީ.

3. ކިޔަވަން ފަށަން ލޯނު ހޯދަން އެދޭ ފަރާތެއްނަމަ، ޔުނިވަރސިޓީން ޕްލޭސްމަންޓް ލިބިފައިވާ ކަމުގެ ލިޔުން (ޕުރޮގުރާމުގެ ނަން، ކިޔެވުން ފެށޭ/ނިމޭ ތާރީޚް އެނގޭ ގޮތަށް)

4. މިހާރު ކިޔަވަމުންދާ ފަރާތެއްނަމަ، ކިޔަވަމުންދާކަން އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުން (ކޯހުގެ ނަން، ކޯސް ފެށުނު/ނިމޭ ތާރީޚް އަދި ކޯހުގެ މުއްދަތު އިނގޭ ގޮތަށް)

5. ޔުނިވަރސިޓީން ޕްލޭސްމަންޓް ލިބިފައިވާ ޕުރޮގްރާމުގެ މުޅި މުއްދަތަށް ފީ ސްޓްރަކްޗަރ

6. ލޯނުގެ ގޮތުގައި ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔަވަން އެދޭ/ ކިޔަވަމުން ދާ ފަރާތެއްނަމަ، ކިޔަވާ ޕުރޮގުރާމުގެ ނުވަތަ އެ ދާއިރާއިން، ލޯނުގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމެއްގެ ޔުނިވަރސިޓީއަކުން މުޅި ޕުރޮގުރާމުގެ ފީ ސްޓްރަކްޗަރ ނުވަތަ އެ ފީ ދެނެގަނެވޭނެ ލިޔުން.

7. ލޯނަށް އެދޭ ފަރާތު ނުވަތަ ނިއުބޮރޮވަރގެ ބެންކް އެކައުންޓް ތަފްސީލް (އެކައުންޓް ހޯލްޑަރގެ ނަން، އެކައުންޓް ނަންބަރު އަދި ދިވެހި ރުފިޔާ އެކައުންޓެއް ކަން އެނގޭ ގޮތަށް)

8. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔުން.

9. އެމް.ބީ.ބީ.އެސް/ޑެންޓިސްޓްރީ ޕުރޮގުރާމެއް ފުރިހަމަކުރަން، ލޯނު ހޯދަން އެދި ހުށަހަޅާނަމަ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ކަމުގެ ލިޔުން.

10. އޭވިއޭޝަން ދާއިރާގެ ޕުރޮގުރާމެއް ފުރިހަމަކުރަން، ލޯނު ހޯދަން އެދި ހުށަހަޅާނަމަ، ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ކަމުގެ ލިޔުން.

11. ނާރސިންގ ދާއިރާގެ ޕުރޮގުރާމެއް ފުރިހަމަކުރަން، ލޯނު ހޯދަން އެދި ހުށަހަޅާނަމަ، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ކަމުގެ ލިޔުން.

12. އެލައިޑް ހެލްތްގެ ދާއިރާއަކުން ޕުރޮގުރާމެއް ފުރިހަމަކުރަން، ލޯނު ހޯދަން އެދި ހުށަހަޅާނަމަ، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ކަމުގެ ލިޔުން.

13. ޓޮޕްއަޕް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން، ޓޮޕްއަޕް ލޯނު ލިބުމަށް ފުރިހަމަވާ ޝަރުޠާގުޅޭ ލިޔުން.

14. ޓޮޕްއަޕް ލޯނަށް އެޕްލިކޭޝަން ހުށަހަޅާނަމަ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 15 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައި ހާލަތުގައި ހުށަހަޅަންޖެހޭ ގެރެންޓަރގެ އައި.ޑީ. ކާޑް ކޮޕީ

15. ލޯނު ހޯދައިގެން ފުރިހަމަކުރާ ޕުރޮގުރާމަށް ވަނުމުގެ ޝަރުޠު ހަމަކުރުމަށް، ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާން ނުވަތަ އައިބީ ޑިޕްލޮމާ ފިޔަވައި ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ދޫކޮށްފައިވާ ލިޔުމެއް.

16. ލޯނު ހޯދައިގެން ފުރިހަމަކުރާ ޕުރޮގުރާމަށް ވަނުމުގެ ޝަރުޠު ހަމަކުރުމަށް ޑިޕްލޮމާ، ބެޗުލަރސް ޑިގްރީ، ނުވަތަ މާސްޓަރސް ޑިގްރީ ފަދަ މަތީތަޢުލީމުގެ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ސެޓްފިކެޓެއް ނަމަ، އެ ސެޓްފިކެޓެއް އެމް.ކިއު.އޭއިން ވެލިޑޭޓްކޮށްފައިވާކަން އެނގޭ ލިޔުމާއި، އެ ސެޓްފިކެޓާގުޅޭ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

17. ފުރިހަމަކުރަން އެދޭ ޕުރޮގުރާމަށް ވަނުމުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ޕުރޮގްރާމަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ޕުރޮގްރާމެއްގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

18. ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދިނުމުގެ ކުރިން ބޭނުން ކުރުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް ނުވަތަ ލިޔުމެއް، ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއިއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓު އަދި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

19. އެމް.ބީ.ބީ.އެސް/ޑެންޓިސްޓްރީ ޕުރޮގުރާމެއް ފުރިހަމަކުރުމަށް ލޯނަށް އެދި ހުށަހަޅާ ފަރާތެއް ޕްރީ މެޑިސިން ފުރިހަމަކޮށްފައިވާނަމަ، ފުރިހަމަކޮށްފައިވާ ޕްރީ މެޑިސިން ޕްރޮގުރާމަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލްކުރާ ޕުރޮގްރާމެއްކަމުގެ ލިޔުން.

20. ފައުންޑޭޝަން ޕުރޮގްރާމެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ، އެ ފައުންޑޭޝަނަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ފައުންޑޭޝަނެއްކަން އަންގައިދިނުމަށް އެ އޮތޯރިޓީން ދޫކުރާ އެސެސްމަންޓް ރިޕޯޓް އަދި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

21. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލިޔުން އަދި އެސެޓްފިކެޓާއި ފުލް ޓްރާންސްކްރިޕްޓް (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

22. ހުށަހަޅާ އެއްވެސް ލިޔުމަކީ ދިވެހި، އިނގިރޭސި ނުވަތަ އަރަބި ބަހުން ނޫން ބަހަކުން އޮތް ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމެއްގެ ދިވެހި ނުވަތަ އިނގިރޭސި ތަރުޖަމާ.  

23. ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެ ސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯނު: 1474

އީމެއިލް: [email protected]

ޕޯޓަލް: https://kuri.gov.mv

ވެބްސައިޓް: https://www.mohe.gov.mv

01 އޭޕްރިލް 2026