ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2015/17
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:38
ސުންގަޑި: 28 ޑިސެންބަރު 2015 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ކްލެސިފިކޭޝަން:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކް:

އީ. އެކްސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ: މަހަކު -/11,065 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޕަރސަނަލް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް/ މާލެ

 

 

 

އަސާސީ ޝަރުޠު:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޕަރސަނަލް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓުގެދަށުން ހިނގަމުންދާ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓާއި، ރެކްރޫޓްމަންޓް އެންޑް ޕަރފޯމަންސް ޔުނިޓުގެ އެންމެހައި މަސައްކަތްތައް އޯވަރސީކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މަޤާމު ބަދަލުކުރުމާއި، އެލަވަންސްތަކާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެއްސުމާގުޅޭ މަސައްކަތްތައް އޯވަރސީކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލްއާއި، މިކަމާ ގުޅިގެން ހުށަހެޅޭ އެންމެހައި މައްސަލަތައް އޯވަސީކޮށް ބެލެހެއްޓުން.
  4. މިމިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓުގެ ލަފާގެމަތިން، މިމިނިސްޓްރީގެ އަހަރީ ޓްރޭނިންގ ރިކުއަރމަންޓާއި، ދިގުމުއްދަތުގެ ޓްރެއިނިންގ ރިކްއަރމެންޓް އެކުލަވައިލުމުގެ ކަންތައްތައް އޯވަރސީކޮށް ބެލެހެއްޓުން.
  5. މި މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ޓްރެއިނިންގތައް ހިންގުމާއި ސިވިލް ސަރވިސްއިން ހިންގާ ޓްރެއިނިންގތަކުގައި މިމިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުން ބައިވެރިކުރުވުމުގެ ކަންތައްތައް އޯވަރސީކޮށް ބެލެހެއްޓުން.
  6. މި  މިނިސްޓްރީއާއި، މި  މިނިސްޓްރީގެ  ދާއިރާގެ  މުވައްޒަފުންނަށް  ކުރިއަށްދިއުމަށް  ހުޅުވިފައިވާ  ފުރުޞަތުތައް ދެނެގަނެ، އެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ހިންގުމުގެ ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ: މަހަކު -/7,035 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން:

 މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް / މާލެ

 

 

 

 

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  5. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސްގެ މަސައްކަތް އޯވަރޯލްކޮށް ބެލެހެއްޓުން.
  2. މި މިނިސްޓްރީގެ ފަރާތުން އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުމުގެ ކަންތައްތައް ކުރޭތޯ ބެލުން.
  3. އޮފީހަށް ބޭނުންވާ ތަކެތީގެ ލިސްޓް/ރިކުއެސްޓް ލިސްޓްގެ ކަންތައްތައް ކުރޭތޯ ބެލުން.
  4. ގަނެވޭ ތަކެތީގެ ބިލްތަކާއި، ކަމާބެހޭ ހުރިހާ ލިޔުންތައް ބަޖެޓް ސެކްޝަނަށް ފޮނުވުމަށްޓަކައި ހުއްދަދިނުން.
  5. ނީލަމަށް ފޮނުވޭ ތަކެތީގެ ލިސްޓު ނަގައި، ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުން.
  6. މިނިސްޓްރީގެ ފަރާތުން ކަނޑުމަގުންނާއި، ވައިގެ މަގުން ކުރަންޖެހޭ ދަތުރުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރޭތޯ ބެލުން.
  7. ދަށުން މަސައްކަތްކުރާ މުވައްޒަފުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އެޕްރެއިޒްކުރުން.
  8. މީގެ އިތުރުން، މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.                     

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޕްރޮކިއުމަންޓް ދާއިރާގައި އަމަލީގޮތުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 2016 ޖަނަވަރީ 5 އާއި 15 އާ ދެމެދު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައެވެ.

 

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނަށް ނުވަތަ 3323820 ނަންބަރު ފޯނަށެވެ.

 

 

 

 

ހުށަހަޅަން ޖެހޭ ތަކެތި:

1. ފުރިހަމަކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ)

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށެވެ.

13 ޑިސެންބަރު 2015

                                             

 

13 ޑިސެންބަރު 2015