ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-200/2015/27
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:08
ސުންގަޑި: 24 ޑިސެންބަރު 2015 14:00
މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދުރަސާއަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ -

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށާއި، ސެކްޝާން:

މަދުރަސަތުލް ސުލްޠާން މުޙައްމަދު / ގއ. ދެއްވަދޫ / އިދާރީ ސެކްޝަން

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި، ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެރެއާއި، ބޯޅަދަނޑާވީ ފަރާތުގެ މަގު، ކޮންމެ ދުވަހަކު ކުނިކަހައި ސާފުކުރުމާއި، ގުރޭޑް 1، 5، 6 އާއި، އޮފީސް ރޫމު، ކޮންމެ ދުވަހަކު ސާފުކޮށް، މޮޕްލައި ޑެސްކާއި ގޮނޑިތައް ހަމަކޮށް ތަރުތީބުކުރުމާއި، ހަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރުފަތްތައް، ކޮންމެ ދުވަހަކު ހުޅުވައި ލެއްޕުން.

2- ސާފު ބޯފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، ކޮންމެ ވިއްސާރަ މޫސުމެއްގައި ތާނގިތައް ރަނގަޅަށް ސާފުކޮށް، ފެން އެޅޭނެ އިންތިޒާމު ހަމަޖެއްސުން.

3- ސްކޫލުގެ ގޯތިތެރޭގައިހުރި ރުއްރުކާއި، ގަސްގަހާއި، އެނޫން ތަކެތި، ކޮންމެ މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

4- އަންހެން ކުދިންގެ ފާޚާނާތައް ކޮންމެ ދުވަހަކު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

5- ރަސްމީ ގަޑީގައި ދަރިވަރުން ސްކޫލްތެރޭގައި އުޅޭއިރު އުޅޭނޫޅޭގޮތް ބެލުން.

6- ސްކޫލް ފެހިކުރުމަށް، ސްކޫލުގެ މެނޭޖްމަންޓާ ގުޅިގެން ގަސްއިންދައި، ކޮންމެ ދުވަހަކު ގަސްތަކަށް ރަނގަޅަށް ފެންދިނުން.

7- ސްކޫލުގެ ގޯތިތެރެ ހިރަފުހުން ސަލާމަތްކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ އެސެމްބްލީ ފެށުމުގެ ކުރިން ގޯތިތެރެއަށް ފެންޖެހުން.

8- ކޮންމެ ހަފުތާއަކު ދެ ދުވަހު، ސްޓާފްރޫމުގައި ބޭނުންކުރާ އެންމެހައި މެޝިނަރީތަކާއި، ދޮރާއި ދޮރުފަތްތައް ހިރަފުސް ފޮޅައި ސާފުކުރުން.

9- ކޮންމެ މަހަކު 2 ފަހަރު، ގުރޭޑް 1،5 އަދި 6 ގެ ކުލާހުގެ ފަންކާތައް ސާފުކުރުމާއި، ކޮންމެ ހަފުތާއަކު 2 ދުވަހު، ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ދޮރާއި ދޮރުފަތްތައް ސާފުކުރުން.

10- ސްކޫލުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

11- ސްކޫލުގެ ފަރުނީޗަރުތައް އަބަދުވެސް ތަރުތީބުން އަތުރާފައި ބެހެއްޓުން.

12- ދަރިވަރުން ބޭނުންކުރާ ގޮނޑިއާއި ޑެސްކުތައް ހިރަފުސް ފޮޅައި، ކުލާސްރޫމްތައް ތަރުތީބުން އެތުރުން.

13- ސްކޫލަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުން.

14- ސްކޫލަށް އަންނަ މެހުމާނުންގެ ފޮށިތަންމަތިތައް ގެންގޮސް ގެނެސްދިނުމާއި، ބޯޓްފަހަރުން ސްކޫލަށް ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ބޯޓްތަކަށް ގެންދިއުން.

15- ސްކޫލުގައި ބާއްވާ ހަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން.

އުޖޫރަޔާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއުއާއި، އިމްތިޙާންކުރުމާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 ޑިސެންބަރު 28 ވާ ހޯމަދުވަހު މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫގައެވެ.

- އިންޓަރވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެކުއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި މަދުރަސާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.

ސުންގަޑި:

މި  މަޤާމަށް  ޝަރުޠު  ހަމަވާ  ފަރާތްތަކުން،  2015  ޑިސެންބަރު  24  ވާ  ބުރާސްފަތި  ދުވަހުގެ  14:00  ގެ  ކުރިން،  މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި މަދުރަސާއަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983076 ނަންބަރު ފޯނަށެވެ.

ނޯޓު:

ވަޒީފާއަށް އެދި ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅަންވާނީ މި މަދުރަސާގެ އިދާރާއަށެވެ. މި މަދުރަސާގެ ފެކްސްއަށާއި އީ މެއިލަށް ފޮނުވާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

03 ރަބީޢުލްއައްވަލު 1437

14 ޑިސެންބަރު 2015