ވަޒީފާގެ ފުރުޞަތު
ނަންބަރު: 1087/IUL/2026/02
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 12 އޭޕްރިލް 2026 14:00
ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޓަރ

އިޢުލާނު

 

މަޤާމު:

ސްކޫލް އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު:

J-440614

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 8 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދޫސްކޫލް، ގދ. ފަރެސްމާތޮޑާ

މުސާރަ:

11,620.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5,420.00 ރުފިޔާ

ޙާޒިރި ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 145.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ އިދާރީ ހިންގުމާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކާގުޅޭ މަސައްކަތްތައް ސްކޫލްގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން.
  2. ސްކޫލުގައި ހިންގާ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސްކޫލްގެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.
  3. އެކަޑަމިކް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމުތައް ފުރައި ނިންމަންޖެހޭ ތާރީޚަށް ނިންމުން.
  4. އެކަޑަމިކް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ ވަޒީފާ ބަޔާން އަދާހަމަކޮށް ބެލެހެއްޓުމާއި، ކޮންމެ އަހަރެއްވެސް ފެށުމުން އެ މުވައްޒަފުންގެ ޗުއްޓީ ތާވަލު އެކުލަވާލުމާއި އެ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތްތައް ބެލެހެއްޓުން.
  5. ސްކޫލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުންފަދަ މުވައްޒަފުންނާގުޅޭ މަސައްކަތްތައް ކުރުމާއި، އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން އިޞްލާޙީ ފިޔަވަޅޫއެޅޫން.
  6. ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.
  7. ސްކޫލު މާޙައުލަކީ ދަރިވަރުންނަށް ކިޔެވުމަށްފަހި، އަދި ޞިއްޙީގޮތުން ރައްކާތެރި ތަނެއްކަށް ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާ ގުޅިގެން ކުރަމުން ގެންދިއުމާއި، ސަރުކާރުން ކަނޑާއަޅާ ގޮތެއްގެ މަތިން ނާސްތާ ޕްރޮގުރާމުގެ އިދާރީ މަސއްކަތްތައް ވިލަރެސކުރުން.
  8. ކޮށާރު ޕޯޓަލް، އާނުޕޯޓަލް، ބަނޑޭރި ޕޯޓަލް އަދި ސީއެސް ވިއުގަރ އިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ސްކޫލްގެ އިމާރާތްތަކާއި ތަކެތީގެ ތަޅުދަނޑިތަކުގެ ރަޖިސްޓަރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  10. ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުންދާގޮތް ދުވަހުން ދުވަހަށް މޮނިޓަރކުރަމުން ގެންދިއުން.
  11. ސްކޫލުގެ ކިޔަވައިދިނުމާއި އެކިއެކި ޙަރަކާތްތަކަށް ދަތިނުވާނެހެން ސްކޫލުގެ އޮފީސް ހުޅުވާ ލެއްޕޭނެ އިންތިޒާމު ހަމަޖެއްސުން.
  12. ޢިމާރާތްތަކާއި ގޯތި ކުނިކަހާ ފޯޅާ ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ސްކޫލްގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި އެކަން ބެލެހެއްޓުން.
  13. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  14. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ އަހަރަކުވެސް ކުރިއަށް އޮންނަ 3 އަހަރަށް ސްކޫލުގެ  ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުން.
  15. ބަޖެޓްގައި ނުހިމެނޭގޮތުން ސްކޫލްގައި އޮންނަ ދަރިވަރުންގެ ފަންޑުގެ ފައިސާއާއި، އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސްކޫލްގެ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.
  16. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފައިސާގެ ކަންތައްތައް (ޕީ.ޓީ.އޭ ގެ ކޯޑިނޭޓަރ އަދި ޕީ.ޓީ.އޭ އާ މަށްވަރާކޮށްގެން) މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށްދޭތޯ ބަލައި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  17. މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، މަސް ނިމުމުން މުވައްޒަފުންނަށް މުސާރަލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ސަރުކާރުގެ އޮފީސްތަކަށް މަހުން މަހަށް ފޮނުވަންޖެހޭ ފައިސާއާއި ގުޅުންހުރި އެންމެހައި ރިޕޯޓްތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  18. ސްކޫލްގެ ފަރާތުން ހޯދަންޖެހޭ ތަކެއްޗާއި ކުއްޔަށް ހިފަންޖެހޭ ތަންތަން ކަނޑައެޅިފައި އޮންނަ އުޞޫލާ އެއްގޮތަށް ހޯދުމަށް އިޢުލާނުކޮށް ބިޑް އިވެލުއޭޓްކުރުމާއި އެގްރީމަންޓް ތައްޔާރުކުރުން. އަދި ސްކޫލުން އެކިފަރާތްތަކާއެކު ކުރެވިފައިވާ އެގްރީމެންޓްތަކާ އެއްގޮތަށް މަސައްތްކުރޭތޯ ބަލައި ޗެކްކުރުން.
  19. ސްކޫލްގެ އިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  20. ސްކޫލަށް ހޯދާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ސްކޫލުގައި ޚިދުމަތް ދިނުމަށް ދަތިނުވާނޭ ގޮތުގެމަތިން އެތަކެތި ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  21. ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ސްކޫލަށް ހޯދާ ތަކެއްޗާއި ޚިދުމަތްތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެލީފައިވާ އުޞޫލުގެ ދަށުން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަހުންމަހަށް ބަޖެޓް އަދާހަމަކޮށް ބެލެހެއްޓުން.
  22. ސްކޫލުގެ ޢިމާރާތާއި ފަރުނީޗަރ މަރާމާތު ކުރަންޖެހޭ ޙާލަތްތަކުގައި، ސްކޫލުގެ ބަޖެޓްގެ ތެރެއިން ކުރެވެން ހުންނަ މަރާމާތުތައް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން. އަދި ސްކޫލުގެ ބަޖެޓްތެރެއިން ޚަރަދުކުރަން ދަތިވާ މަރާމާތުތައް ކުރުމަށް ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހަޅާއިގެން މަރާމާތުކުރުމަށް މަސައްކަތްކުރުން.
  23. ސްކޫލްގެ އިމާރާތްތަކާއި، ހަރމުދަލަށް ލިބޭ ގެއްލުންތައް (ބިޑްކޮށްގެން ކުރަންޖެހޭވަރުގެ) ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަންކަން ބެލެހެއެޓުން. އަދި ނީލަމުގެ މަސައްކަތާއި ނައްތާލަންޖެހޭ ތަކެތީގެ މަސައްކަތް ހަވާލުކުރެވިފައިވާ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.
  24. ސްކޫލުގެ ޢމާރާތްތަކާއި، ހަރުމުދަލުގެ ރަޖިސްޓްރީ (އިންވެންޓްރީ) ބެލެހެއްޓުމާއި، މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވާތަކެތި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ނީލަންކިޔައި ނައްތާލުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          ސްކޫލް މެނޭޖްމަންޓް، އެޑިޔުކޭޝަން މެނޭޖްމަންޓް، ސްކޫލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން.

-          އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް.

-          ފައިނޭންސ، ޕަބްލިކް ފައިނޭންސް، ޕައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ، އިންޓަރނަލް އޮޑިޓިންގ، ކޮމާރސަ.

-          ޕްރޮކިއުމަންޓް މެނޭޖްމަންޓަ، ސަޕްލައި ޗެއިން މެނޭޖްމަންޓަ، ލޮޖިސްޓިކްސް މެނޭޖްމަންޓަ، އޮޕަރޭޝަންސް މެނޭޖްމަންޓް، ޕަރޗޭސިންގ، ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓް.

-          އިންފޮމޭޝަން ޓެކްނޯލޮޖީ، ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ، ނެޓްވަރކިންގ، ޕްރޮގްރާމިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިވެލޮޕްމަންޓް، ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން.

-          ކޮމްޕިއުޓަރ ސައިންސް، ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ، ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ، ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖ، ސޮފްޓްވެއަރ އިންޖިނިއަރިންގ.

ޕްރިފަރޑް ޑިސިޕްލިން:

ނެތް

ކޯ ޑިސިޕްލިން:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

-          އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތުހަމަވުން

30

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ވަޒީފާގެ ދާއިރާ ނުވަތަ ތައުލީމީ ރޮނގަކާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އެޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދޫސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމަންޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. އަދި މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އިންޓަވިއު ކުރިއަށް ގެންދާނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840070 ނުވަތަ 7983085 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 އޭޕްރިލް 2026