ދިވެހިރާއްޖެ
|
މަޤާމު: |
ސްޓޭޓް ލީގަލް ސަޕޯޓް އެޑްމިނިސްޓްރޭޓަރ (ވަގުތީ) |
|
މަޤާމުގެ ނަންބަރު: |
LSP8-2026-3 |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ބާވަތް: |
ވަގުތީ (ކޮންޓްރެކްޓް – 02 އަހަރު) |
|
ޕަބްލިކް ސަރވިސް ރޭންކް: |
08 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް ޕްރޮފެޝަނަލްސް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ބަންޑާރަނައިބުގެ އޮފީސް/ މާލެ |
|
އަސާސީ މުސާރަ: |
-/11،620 ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
-/5،420 ރުފިޔާ |
|
ހާޒިރީ އެލަވަންސް: |
-/145 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް) |
|
މަޤާމުގެ ޝަރުތުތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ތަޢުލީމީ ދާއިރާތައް |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1. އޮފީހުގެ މުވައްޒަފުން ތަމްރީންކުރުމަށް ބޭނުންވާ ޓްރެއިނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި، ޓްރެއިނިންގ ރިކުއަރމަންޓްއާ އެއްގޮތްތައް ތަމްރީން ސިޔާސަތު ބައްޓަންކޮށް، ކުރު އަދި ދިގު މުއްދަތުގެ ތަމްރީން ފުރުސަތުތައް ހޯދައިދިނުން. 2. އޮފީހަށް ލިބޭ އެކިއެކި ތަމްރީން ފުރުސަތުތަކާއި، ސްކޮލަރޝިޕް، ފެލޯޝިޕް އަދި އެނޫންވެސް އެހެނިހެން ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުވުން. 3. އޮފީހުން އިންތިޒާމްކުރާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި، އެކި ފަރާތްތަކާ ގުޅިގެން އޮފީހުން ރާވާ ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުވުން. 4. މުވައްޒަފުން ބައިވެރިވާ ދިގު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތަކާ ގުޅިގެން މުވައްޒަފުން ބޮންޑުކުރުމާއި، ބޮންޑު އެއްބަސްވުމާ ގުޅިގެން މުވައްޒަފުންގެ ވަޒީފާ ރިޒަރވްކުރުމުގެ މަސައްކަތްތައް، ކަމާ ގުޅޭ ސެކްޝަންއާ ގުޅިގެން، ހަމަޖެއްސުން. 5. އަލަށް އޮފީހަށް އަންނަ މުވައްޒަފުންނަށް ބޭނުންވާ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ތައްޔާރުކޮށް ހިންގުމާއި، އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، މުވައްޒަފުންގެ އޮރިއެންޓޭޝަންތައް އަޕްޑޭޓްކުރަމުން ގެންދިއުން. 6. އޮފީހުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ތައާރަފްކުރުމާއި، އެ ނިޒާމުގެ ދަށުން މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދިއުން. 7. އެކިއެކި ކޮމިޓީތަކަށް އޮފީހުގެ އެޓަރނީންނާއި އެހެނިހެން މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮމިޓީތަކަށް އަންނަ ބަދަލުތައް ގަވާއިދުން އަޕްޑޭޓްކުރަމުން ގެންދިއުން. 8. ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި މުވައްޒަފުން ބައިވެރިކުރުވުމާއި، އެ ދަތުރުތަކުގެ ދަފްތަރު ގަވާއިދުން އަފްޑޭޓްކޮށް ބެލެހެއްޓުން. 9. މިނޫންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން. |
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް: |
1) ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.) 2) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް (އެޓެސްޓްކޮށްފައި). 4) އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5) މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
6) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):
7) 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
|
އިންޓަރވިއުއަށް ކިޔުން |
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ. |
|
|