ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2026/19
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 23:16
ސުންގަޑި: 08 އޭޕްރިލް 2026 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ކޮންސްޓަބަލް

ވަޒީފާގެ ފުރުޞަތު

 މަގާމު:

 ކޮންސްޓަބަލް

 ބޭނުންވާ އަދަދު:

 15

 މުސާރައާއި އިނާޔަތްތައް:

  • މުސާރަ: -/15,500 ރުފިޔާ 

 މުސާރަ ބެހިގެންވާ ގޮތުގެ ތަފުސީލު

  - އަސާސީ މުސާރަ: -/8,990 ރުފިޔާ
  - މަޤާމުގެ އެލަވަންސް: -/6,510 ރުފިޔާ

  • ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް
  • ކެއުމާއި ބޭސްފަރުވާ ކުރުން

 ޝަރުޠު:

  • އެސް.އެސް.ސީ އިމްތިޙާނުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވާ މީހަކު ކަމުގައި ވުން
  • ޤާނޫނު ނަންބަރު: 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރެކްރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުޠު ފުރިހަމަވެފައިވާ މީހަކު ކަމުގައިވުން

 މަސްއޫލިއްޔަތާއި ވާޖިބު:

 ޤާނޫނު ނަންބަރު: 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގައި، ފުލުހަކު   އަދާކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުން

 ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ އަދި  އިސްކަންދޭނެ ކަންތައްތައް:

  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރިޔަށްގެންދެވޭ، ތިރީގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން

    - ބެކްގްރައުންޑް އެސެސްމެންޓް

    ފިޒިކަލް ފިޓްނަސް ޓެސްޓް

    - ފެތުމުގެ ޓެސްޓް

    - އެޕްޓިޓިއުޑް ޓެސްޓް

    - އިންޓަރވިއު

    މެޑިކަލް އެގްޒަމިނޭޝަން

  • މި ވަޒީފާއަށް މީހުން ހޮވުމުގައި، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައި، ފުލުހުންގެ މަޤާމަށް މީހުން ރެކްރޫޓުކުރުމުގައި ބެލުމަށް ކަނޑައަޅާފައިވާ ކަންކަމަށް ބެލޭނެއެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި ކުރިއަށްގެންދެވޭ ޓެސްޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 މަސައްކަތްކުރަންޖެހޭ ތަން:

 ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި

 ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު. (މި ފޯމުގައި އެ ފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ފުލުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމު. (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ،  ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ނެގިފަހުން 03 މަސް ވެފައިނުވާ، އެ މީހެއްގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
  • އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ، ލައިސަންސްގެ ކޮޕީ
  • އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 އެޕްރީލް 08 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި މި މަޤާމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވާ ތާރީޚަށް ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަ ނުކުރެވޭ ފަރާތްތަކަށް، މި މަޤާމަށް މީހުން ހޮވުމަށް ކުރިޔަށްގެންދެވޭ ޓެސްޓްތަކާއި އެސެސްމަންޓްތައް ކުރިޔަށްގެންދާ މުއްދަތުގައި، އެ ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

12 ޝައްވާލް 1447
31 މާރިޗު 2026