|
މަގާމުގެ ނަން:
|
ކޮންސަލްޓަންޓް (ކޮންޓެންޓް ކުރިއޭޓަރ)
|
|
ބޭނުންވާ އަދަދު:
|
01
|
|
މުއްދަތު:
|
01 އަހަރު (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރުކުރާ ގޮތަށް)
|
|
އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:
|
މާލެ ސަރަހައްދު
|
|
މުސާރަ:
|
މަހަކު 15,000/- ރުފިޔާ
|
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި، ހާސިލުކުރަންޖެހޭ ނަތީޖާތައް
|
-
ކެމްޕޭން ރޭވުމާއި ހިންގުން: RangalhuKolla#ކެމްޕޭނުގެ ޑިޖިޓަލް މީޑިއާ ޕްލޭން އެކުލަވާލައި ތަންފީޒުކުރުން. މީގެތެރޭގައި ކެމްޕޭނުގެ ޓީޒާތަކާއި، ލޯންޗުކުރުމުގެ ކޮންޓެންޓާއި، ކޮންމެ މަހަކު ކުރިޔަށްގެންދެވޭ ކެމްޕޭން ހަރަކާތަށް ކަނޑައަޅާ މައުޟޫއަށް ކޮންޓެންޓް ތައްޔާރުކުރުން.
- ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުން: މަދުވެގެން މަހަކު 4 (ހަތަރު) ވީޑިއޯ ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިޢުކުރުން.
-
އިވެންޓްތައް ރެކޯޑުކުރުމާއި ހޯސްޓްކުރުން: RangalhuKolla# ރޯޑްޝޯވގެ ހުރިހާ ހަރަކާތްތަކެއްގެ މަލްޓިމީޑިއާ (ވީޑިއޯ އަދި ފޮޓޯ) ކަވަރޭޖް ފޯރުކޮށްދިނުން. މީގެއިތުރުން، އިވެންޓްތަކުގެ ހޯސްޓް/އެމްސީއެއްގެ ގޮތުގައި މަސައްކަތްކޮށް، ބައިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމާއި އިވެންޓްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން.
- މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުން: މުވައްޒަފުންނަށް ވީޑިއޯ ނެގުމާއި، އަޑު ރެކޯޑުކުރުމާއި، އާދައިގެ އެޑިޓިންގ އުކުޅުތައް ދަސްކޮށްދީ، އެ ދާއިރާގެ އަސާސީ ހުނަރުތައް މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުން.
-
ސޯޝަލް މީޑިއާ މެނޭޖްކުރުން: ރަސްމީ ޕްލެޓްފޯމްތަކުގައި (ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޔޫޓިއުބް) ކޮންޓެންޓް ޝާއިޢުކޮށް ބެލެހެއްޓުން. މީގެތެރޭގައި ކަނޑައެޅޭ ވަކި ޕޯސްޓްތަކެއް އަމިއްލަ ސޯޝަލް މީޑިއާ ހޭންޑްލްގައި ޝާއިޢުކޮށް ނުވަތަ ރީޕޯސްޓް ކުރުން.
-
ވަސީލަތް: އަމިއްލަ ތަކެތީގައި މަސައްކަތް ކުރުން.
-
ހާސިލުކުރަންޖެހޭ ނަތީޖާތައް:
- ކޮންމެ މަހަކު ކުރިއަށްގެންދާނެ ކޮންޓެންޓް ކަލަންޑަރާއި، މަސައްކަތުގެ ފެންވަރު ދައްކައިދޭ ރިޕޯޓް (Performance Report).
- އެއް އަހަރުގެ އެއްބަސްވުމުގެ މުއްދަތުގައި، ފުރިހަމައަށް އެޑިޓްކޮށްފައިވާ މަދުވެގެން 48 ވީޑިއޯ ފޯރުކޮށްދިނުން.
- ކޮންޓެންޓް އުފެއްދުމުގެ އަސާސީ މަސައްކަތްތައް އަމިއްލައަށް ކުރަން އެނގޭ ފެންވަރަށް 02 މުވައްޒަފުން ތަމްރީނުކުރުން.
- ކެމްޕޭނުގެ ހުރިހާ ހަރަކާތްތަކެއްގެ ފުރިހަމަ މަލްޓިމީޑިއާ އާކައިވް (ފޮޓޯ އާއި ވީޑިއޯގެ ފުރިހަމަ ރެކޯޑް).
|
|
ބޭނުންވާ ހުނަރާއި ޝަރުތުތައް:
|
-
ވީޑިއޯގްރަފީ، އެޑިޓިންގ (Adobe Premiere Pro, Final Cut Pro DaVinci Resolve, Capcut) ފަދަ ސޮފްޓްވެއަރ އަދި ގްރެފިކް ޑިޒައިން ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
-
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބެލެހެއްޓުމާއި، އެ ޕްލެޓްފޯމްތައް ކުރިއެރުވުމުގެ ފަންނީ ގާބިލްކަމާއި ތަޖުރިބާ ހުރުން.
-
ސޯޝަލް މީޑިއާގެ ވަސީލަތްތައް (ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޔޫޓިއުބް) ބޭނުންކުރުމުގެ ހުނަރާއި ތަޖުރިބާ ހުރުން.
-
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ފޮލޯވަރޒް ގިނަވުން.
- ދިވެހި ބަހުން ލިޔުމާއި ވާހަކަދެއްކުމުގެ ފުރިހަމަ ހުނަރު ލިބިފައިވުން؛ އަދި ޕްރެޒެންޓަރެއް ނުވަތަ ހޯސްޓެއްގެ ގޮތުގައި )ޓީވީ ޕްރޮގްރާމް، ކުޅިވަރު ނުވަތަ އެހެނިހެން ކެމްޕޭން އިވެންޓްތަކުގައި) މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
-
ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ އުސޫލުތައް، އާންމުންނަށް ފަސޭހައިން ދެނެގަނެވޭނެ ފަދަ ޝައުގުވެރި ވާހަކަތަކެއްގެ ސިފައިގައި ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރުން.
-
މަސައްކަތަށް ފަރުވާތެރި، ޕްރޮފެޝަނަލް އަދި މީހެއްގެ ބެލުމުގެ ދަށުން ނޫނަސް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ މީހަކަށްވުން.
- ކޮންޓެންޓް ތައްޔާރު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
-
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ).
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ).
-
ލިބިފައިވާ ހުނަރުވެރިކަމާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި ސެޓްފިކެޓްތަކުގެ ކޮޕީ.
-
ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި).
- އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާކަން އަންގައިދޭ ލިޔުން.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
|
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 އެޕްރީލް 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.
|
ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.
|