ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2026/71
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 06 އޭޕްރިލް 2026 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސިޕަލް ފައިނޭންސް އޮފިސަރ - މިނިސްޓްރީ އޮފް ހެލްތު

 އިޢުލާން

މިނިސްޓްރީގެ ނަންބަރު (IUL)23-HRD(LR)/23/2026/43 އިޢުލާނަށް އެއްވެސް ފަރާތެއް ހަމަޖެހިފައި ނުވާތީ، އަލުން

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް

ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޕްރިންސިޕަލް ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު

            J-442892

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 8 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

އެކައުންޓްސް އެންޑް ފައިނޭންސް ޑިވިޝަން / ބަޖެޓް ޕްލޭނިން އެންޑް މޮނިޓަރރިންގ ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/11,620 ރުފިޔާ

މަގާމުގެ އެލަވަންސް

-/5,420 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/145
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކަށް ލަފާކުރާ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވުމުގެ ކަންކަން ހިންގައި ބެލެހެއްޓުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއިން ތައްޔާރުކުރަންޖެހޭ އަހަރީ މާލީ ބަޔާން ތައްޔާރުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
  3. ބަޖެޓާއި އެކައުންޓްސްތަކުން ކުރެވޭ ޚަރަދުތައް މޮނިޓަރކޮށް މަންތްލީ ރިޕޯޓް ތައްޔާރުކުރުން.
  4. ބަޖެޓް ޕްލޭންކޮށް ބަޖެޓް އެނަލައިސްއެއް ހަދާ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކުގެ ކަންތައް ހިންގައި ބެލެހެއްޓުން.
  5. ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ކަންތައް ހިންގައި ބެލެހެއްޓުން
  6. ބޭރުގެ އެހީދޭ ޖަމާއަތްތަކަށާއި ކަމާބެހޭ އެހެނިހެން އިދާރާތަކަށް ދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދީ، އެޖަމްއިއްޔާތަކުން ކަނޑައަޅާފައިވާ "ޕެކެޖް" އާއި އެއްގޮތަށް ބޭރުގެ ޕްރޮޖެކްޓުގެ ކަންތައް ހިންގައި ބެލެހެއްޓުން.
  7. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޚިދްމަތާއިތަކެތި ގަތުމަށް އެންޓަރކުރާ ރިކުއެސްޓްތައް ޑްކިޔުމަންޓް ހަމަތޯ ޗެކްކުރުމަށްފަހު، ދުވަހުން ދުވަހަށް އެޕްރޫވް ކުރުން.
  8. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފޮނުވާ މަޤާމްތަކުގެ ރިކުއެސްޓްތައް ޑޮކިޔުމަންޓް ހަމަތޯ ޗެކްކުރުމަށްފަހު، ދުވަހުން ދުވަހަށް އެޕްރޫވް ކުރުން.
  9. ޑިވިޜަނުގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އެއާއި ގުޅުންހުރި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  10. ޑިވިޜަނުގެ އަހަރީ ޕްލޭން ތައްޔާރުކުރުމާއި އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  11. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓުގެ ކޭޝްފުލޯ ޕްލޭން ތައްޔާރުކޮށް ހުށަހެޅުން
  12. މިނިސްޓްރީގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ ކަންތައްތައް ބެލެހެއްޓުން.
  13. އޮޑިޓް އޮފީހުން ކުރަމުންގެންދާ އޮޑިޓްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  14. މިނިސްޓްރީ ބަޖެޓުގެ ވައުޗަރ ރެޖިސްޓްރީ މަހުންމަހަށް އަޕްޑޭޓްކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖީ.އެލް ރިޕޯޓާ އެއްގޮތަށް ރިކޮންސައިލްކޮށް ފޮނުވަންޖެހޭ މުއްދަތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުމުގެ ކަންތައް ބެލެހެއްޓުން.
  15. ފައިސާ ދެއްކުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ޕޭމަންޓް ވައުޗަރ ތަކަށް ފައިސާ ދައްކާތޯ ޗެކްކޮށް ބެލެހެއްޓުން.
  16. ޕޭމަންޓް ވައުޗަރތަކުގެ ރެޖިސްޓްރީ ދުވަހުންދުވަހަށް އަޕެޑޭޓްކޮށް ބެލެހެއްޓުން.
  17. ސެކްޓަރގެ އެކިއެކި ބޭނުންތަކުގައި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލުކުރުމުގައި އެފަދަ ފައިސާގެ ހިސާބުތަކާއި ލިޔުންތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ބެލެހެއްޓުން.
  18. އެކައުންޓުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ފައިސާ ނުދެއްކި ހުރި ބިލްތައް އެނގޭނެހެން ރަޖިސްޓްރީއެއް ތައްޔާރުކޮށް އެރަޖިސްޓްރީ ބެލެހެއްޓުން.
  19. ހަވާލުވެގެން ކުރެވޭ މަސައްކަތްތަކުގެ އެންމެހައި ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  20. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  21. ޞިއްޙީ އެމަޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން.

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ 
  • އެކައުންޓިންގ އެންޑް ފައިނޭންސް 
  • އޮޑިޓިންގ 
  • ބޭންކިންގ 
  • ބިޒްނަސް 
  • ކޮމާރސް 
  • ކޯޕަރޭޓް ފައިނޭންސް 
  • ފައިނޭންސް 
  • ފައިނޭންޝަލް އިކޮނޮމިކްސް 
  • ފައިނޭންޝަލް އިންޖިނިއަރިންގ 
  • ފައިނޭންޝަލް މެނޭޖްމަންޓް 
  • ފައިނޭންޝަލް މާކެޓްސް 
  • ފައިނޭންޝަލް ޕްލޭނިންގ 
  • ފޮރެންސިކް އެކައުންޓިންގ 
  • އިންޓަރނަލް އޮޑިޓިންގ 
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  • އިސްލާމިކް ފައިނޭންސް 
  • ޕަބްލިކް ފައިނޭންސް 

ގުޅޭ ވަޒީފާގެ ދާއިރާ

  • ބޭންކިންގ ގެ މަސައްކަތްތައް
  • އިންޝުއަރަންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
  • އޮޑިޓިންގ ގެ މަސައްކަތްތައް
  • އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް
  • ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  • އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް
  • އެކައުންޓިންގ ގެ މަސައްކަތްތައް
  • ފައިނޭންސްގެ މަސައްކަތްތައް 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ އޭޕްރީލް 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.    

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު ،އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޭޕްރީލް މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014407، 3014408، 3014409، 3014410، 3014416، 3014403، 3014404، 3014421 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 މާރިޗު 2026