ދިވެހިރާއްޖެ
އދ. މަންދޫ ޤަބުރުސްތާން ދިލާ ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފިރިހެން ބޭފުޅަކަށް އެފުރުސަތު އޮތްވާހަކަ ދަންނަވާލަމެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 5 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 ގައެވެ.
މަސައްކަތް ކުރިޔަށް ދާނެގޮތް
- މަސައްކަތް ކުރިއަށްދާނީ 2 (ދޭއް) ދަންފަޅިއަކަށް ބަހާލައިގެން.
- ފުރަތަމަ ދަންފަޅީގެ މަސައްކަތް ކުރިއައްދާނެ ގަޑިއަކީ ހެނދުނު 08:30 އިން 11:30 އަށް
- ދެވަނަ ދަންފޅީގެ މަސައްކަތް ކުރިއަށްދާނެ ގަޑިއަކީ މެންދުރުފަހު 14:00 އިން 17:00 އަށް
- މަސައްކަތުގެ އަގަކީ މަސައްކަތަށް ނުކުންނަ ކޮންމެ ދަންފަޅިއަކށް -/150 ރުފިޔާ (ދެދަންފަޅީގައި މަސައްކަތް ކޮށްފިނަމަ ދުވާލަކަށް -/300 ރުފިޔާ )
އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އެޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ ހެދުނު 08:30 އަށް ކުރީގެ މިސްކިތާއި ވީ ފަރާތުން ޤަބުރުސްތާނު ކަންމަތި ސަރަހައްދަށް ހާޟިރުވެލެއްވުން އެދެމެވެ. އަދި ވަޑައިގަންނަވާއިރު އައިޑީ ކާޑު އަދި މަސައްކަތުގެ އަގު ނެގުމަށް ބޭނުންވާ ބޭންކް އެކައުންޓްގެ މަޢުލޫމާތު ހިފައިގެން ވަޑައިގަތުންއެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.