ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2015/63
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:28
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވޭ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުން އިމްތިޙާނަށް ދާންޖެހޭ ހޯލްތައް

އިޢުލާން

2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވޭ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުން އިމްތިޙާނަށް ދާންޖެހޭ ހޯލްތައް

2016 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވޭ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގައި މި ޑިޕާޓްމަންޓުގެ ނަމުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުން މި އިމްތިޙާނަށް ދާންޖެހޭ ހޯލްތަކުގެ ޓޭބަލް 2015 ޑިސެންބަރު 20 ވަނަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. އަދި މިޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

ހޯލްތަކުގެ ޓޭބަލް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:30 ން 13:30 އަށެވެ.

4 ރަބީޢުލްއައްވަލް 1437       

15 ޑިސެންބަރު 2015