ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ރ.އުނގޫފާރު، އދ.މަހިބަދޫ އަދި ބ.އޭދަފުށި ޕްރޮޖެކްޓަށް ބޭނުންވާ އުޅަނދުފަހަރު ކުއްޔަށް ހިފުން
މި ކޯޕަރޭޝަނުން ރ.އުނގޫފާރުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ކުރި ނަންބަރު: MRDC/IFB/2015/45ފ(08 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
އަދި ހަމަ މިއާއެކު އދ.މަހިބަދޫއާއި ބ.އޭދަފުށީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރުވެސް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
- 03 ޑަމްޕަރު ނުވަތަ ޓިޕް ޓައިޕް ލޮރީ (03 ޓަނު)
- 03 އެކްސްކަވޭޓަރ (ސައިޒް 200 ގެ)
- 03 އެކްސްކަވޭޓަރ (ސައިޒް 35 ގެ)
- 03 ސްޕޮޓް ބާޖް (’60)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 ޑިސެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޑިސެންބަރު 2015 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
04 ރަބީޢުލްއައްވަލް 1437