ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-HRFS/1/2026/3
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 08 އޭޕްރިލް 2026 12:30
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރިންސިޕަލް ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާނު

 

 

މަޤާމު:

ޕްރިންސިޕަލް ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-438832

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 8 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް / އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ

މުސާރަ:

-/12,145 ރުފިޔާ

މަޤާމުގެ އެލަވަންސް:

5,670/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ ޢިނާޔަތް - ހާޒިރުވާ ދުވަހަކަށް 155/- ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ އައި.ސީ.ޓީ އާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް ރާވައި ހިންގުން.
  2. އޮފީހުގެ ނެޓްވަރކް ފަރުމާކުރުމާއި، ޑިވެލޮޕްކުރުމާއި، ސަރވަރ މެއިންޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  3. އޮފީހުގެ ސަރވަރ އާއި ނެޓްވަރކް މެލްވެއަރ، ހެކާސްގެ ކިބައިން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. އޮފީހުގެ ސަރވަރ ބެނުންކުރަމުންދާގޮތް މޮނިޓަރކުރުމާއި، ޑޮކިއުމަންޓް ކުރުމާއި، ފާހަގަ ކުރެވޭ އާދަޔާ ޚިލާފު ހަރަކާތްތަކެއް ނެޓްވަރކްގައި އުޅޭނަމަ، އެކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. އޮފީހުގެ ނެޓްވަރކް ޔޫޒަރ އެކައުންޓްސްއާއި އެހެނިހެން ނެޓްވަރކްތަކުގެ ރިސޯސް މެނޭޖްކުރުން.
  6. އެންމެ ފަހުގެ ނެޓްވަރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވަރކް ސެކިއުރިޓީ އިޝޫތަކާބެހޭ އަޕްޑޭޓްތައް އިންޓަރނެޓުގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން.
  7. އޮފީހުގެ އައި.ޓީއާ ގުޅޭ އެންމެހާކަންކަން ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކޮށްދީ އައި.ސީ.ޓީ އިންފްރާސްޓްރިކްޗަރއަށް ޑައުންޓައިމްއެއް އަޔަނުދީ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  8. އޮފީހުގެ ސަރވަރތައް ކޮންފިގަރކޮށް، ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމާއި އެތަކެތީގެ މެއިންޓެނަންސް މަސައްކަތްތައް ރާވައި ހިންގުން.
  9. އޮފީހުގެ އޯޑިއޯ އަދި ވީޑިއޯ ސިސްޓަމް ގާއިމުކޮށް، މީޓިން/ޝަރީޢަތްތައް/ތަމްރީން ސެޝަންފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  10. އޮފީހުގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރުމަށްޓަކައި އަލަށް ތައްޔާރުކުރާ ސޮފްޓްވެއަރތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ރާވައި ހިންގުމާއި މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރުން. އަދި ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި ގެނެވޭ ބަދަލުތައް މުވައްޒަފުންނަށް އަންގައިދީ އިތުރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  11. އޮފީހުގައި ބޭނުންކުރާ ޕްރިންޓަރ، އެޓެންޑެންސް ފިންގަރޕްރިންޓް މެޝިންފަދަ ހާޑްވެއަރ ތަކެތި އިންސްޓޯލްކުރުމާއި ސޮފްޓްވެއަރ އިންސްޓޯލްކުރުން އަދި މި މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ އެންމެހާ މައްސަލަ ހައްލުކުރުމަށް އެކަށޭނަ ފިޔަވަޅުތައް އެޅުމާއި މައްސަލަތައް ޙައްލުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުން.
  13. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުވާސަލާތީ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ދިމާވާ މައްސަލަތައް ސަރވިސް ޕްރޮވައިޑަރ މެދުވެރިކޮށް ޙައްލުކުރުން.
  14. އޮފީހުގެ ޑިޖިޓަލް ޑާޓާ/ އޯޑިއޯ ވީޑިއޯ ރެކޯޑިންގތައް ބެކަޕްކޮށް ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އަރުޝީފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  15. އޮފީހުގެ އެންމެހައި މުވައްޒަފުންނަށް ބޭނުންވާ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެގޮތް ހަމަޖައްސައިދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  16. އޮފީހުގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދީ އަޕްޑޭޓްކޮށް ބެހެލެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  17. އޮފީހަށް ބޭނުންވާ ކޮމްޕިއުޓަރ އިކުއިޕްމަންޓްތަކުގެ ރިކުއެސްޓް ލިސްޓު ތައްޔާރުކޮށް، ކޮމްޕިއުޓަރ ސިސްޓަމްތަކުގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠުތައް:

 

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

 

ނުވަތަ:

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  • ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓަރ ސައިންސް  
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  • ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  • ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • ނެޓްވަރކިންގ  
  • ޕްރޮގްރާމިންގ  
  • ސޮފްޓްވެއަރ އިންޖިނިއަރިންގ  
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  • ވެބް ޑިވެލޮޕްމަންޓް 
 

ގުޅޭ ވަޒީފާގެ ދާއިރާތައް:

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހު)ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 8 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް:  އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފްކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު،އެސެސްމަންޓް  އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2026 އޭޕްރީލް 9 އާއި 2026 މެއި 10 އާ ދެމެދު އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އޮތޯރިޓީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949، 3038833 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސްކޮމިޝަނުގެ ވެބްސައިޓްގެޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  https://www.csc.gov.mv/Policy/Index/51)  ) އިން ލިބެން ހުންނާނެއެވެ.

 

31 މާރިޗު 2026