ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)757/2026/07
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 08 އޭޕްރިލް 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޙައްޖަށް ދިއުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުން

1447 ވަނަ އަހަރުގެ ޙައްޖަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް ރަށުގައި ހުރެގެން ވެކްސިން  ފުރިހަމަ ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

އެހެން ކަމުން، ޙައްޖަށް ދިއުމަށް ގަސްތުކުރައްވާ ފަރާތްތަކުން، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޕޯލިއޯ އަދި އިންފުލުއެންޒާ ވެކްސިން އަދި ފާއިތުވި 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި މެނިންޖައިޓިސް ވެކްސިން ޖަހާފައި ނުވާނަމަ، އެ ފަރާތްތަކުން 08 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި  މަރުކަޒަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ ފޯނު ނަންބަރަށް (6560609) ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

ވެކްސިން ޖަހަންޖެހޭ މުއްދަތު، ވެކްސިންގެ އަގު އަދި އެހެނިހެން މައުލޫމާތު ތިރީގައިވާ ތާވަލުގައި ހިމެނިފައިވާނެއެވެ.

އަގު

ދޭންޖެހޭ މުއްދަތު

ދޭގޮތް

ޑޯޒް

ވެކްސިން

ޑޯޒަކަށް 30ރ

އަހަރަކު 1 ފަހަރު

އަނގަ އަށް

1 ޑޯޒް (2 ތިކި)

ޕޯލިއޯ ވެކްސިން

ޑޯޒަކަށް 175ރ

5 އަހަރުން 1 ފަހަރު

މަސްގަނޑަށް

1 ޑޯޒް

މެނިންޖައިޓިސް ވެކްސިން

ބޭސްފިހާރައިން ގަނެގެން

އަހަރަކު 1 ފަހަރު

މަސްގަނޑަށް

1 ޑޯޒް

އިންފުލުއެންޒާ ވެކްސިން

30 މާރިޗު 2026