ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2015/186
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:39
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާ އަދާކުރާ ފަރާތްތަކަށް މުސާރައާއި އުޖޫރަ އަދި ޢިނާޔަތްތައް ދިނުމާ ބެހޭ

އިޢުލާން

ވަޒީފާ އަދާކުރާ ފަރާތްތަކަށް މުސާރައާއި އުޖޫރަ އަދި ޢިނާޔަތްތައް ދިނުމާ ބެހޭ

ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވިފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބައެއް މަސައްކަތްތެރީންނަށް ގަވާއިދުން އުޖޫރައާއި އެހެނިހެން ޢިނާޔަތްތަށް، މަހުން މަހަށް ލިބެމުން ނުދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. މަސައްކަތްތެރިންނަށް ޙައްޤުވާ އުޖޫރައާއި ޢިނާޔަތްތައް ގަވާއިދުން ނުދިނުމަކީ، ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގެ 50 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ޙައްޤުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަސައްކަތްތެރިންގެ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާ މުޅިން ޚިލާފުކަމެއް ކަމުގައި، މި މިނިސްޓްރީއިން ހަނދުމަކޮށް އަރުވަމެވެ. އަދި ޤާނޫނާ ޚިލާފު މި ފަދަ ޢަމަލުތައް ނުކުރުމަށް، ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށް، މި ފުރުޞަތުގައި މިނިސްޓްރީއިން އިލްތިމާސް ކުރަމެވެ. 

ގަވާއިދުން މަހުން މަހަށް މުސާރަ ނުދިނުމުގެ ސަބަބުން މި މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީ މެދުވެރިކޮށް މި މިނިސްޓްރީއިން ބަލަމުންދާނެ ވާހަކަ ދަންނަވަމެވެ. އަދި މަހުން މަހަށް އުޖޫރަ ނުދޭ ފަރާތްތަކާމެދު، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް، މި މިނިސްޓްރީއިން އަޅަމުންދާނެ ކަމުގެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

04 ރަބީޢުލްއައްވަލް 1436

15 ޑިސެންބަރު 2015