ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2026/30
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 05 އޭޕްރިލް 2026 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
04 އޭޕްރިލް 2026 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ

           04 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރަން ވަނީ ނިންމާފައެވެ.

 

ދުއްވުން މަނާ އުޅަނދާއި ވަގުތު:

 

  • ތާރީޚް: 04 އޭޕްރިލް 2026
  • އުޅަނދުގެ ކެޓަގަރީ: ބަރު އުޅަނދުތަކުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު.
  • މަނާ ވަގުތު : ހެނދުނު 06:00 އިން ރޭގަނޑު 23:00 އަށް.

 

           ކަނޑައެޅިފައިވާ ވަގުތުތަކުގައި، އިސްވެދެންނެވުނު ކެޓަގަރީތަކުގެ އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 2009/5) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެކެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް މި ނިންމުމުން އިސްތިސްނާވާނެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

30 މާރިޗު 2026