ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2026/162
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:50
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓު ފޮށިތަކުގެ ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ފޮށިތަކުގެ ތަފްސީލް

(IUL)38-AC/38/2026/162 :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2026/11 އާއި ހަވާލާދީ ދަންނަވަމެވެ. 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ކޯޑު

#

ބ. ތުޅާދޫ، ތުޅާދޫ ސްކޫލް، ހޯލުގެ އިރުމަތި

މި ފޮއްޓަށް ވޯޓުލާނީ ތުޅާދޫ ރޯޝަނީމަގުގެ އުތުރުން ފީރޯޒްމަގުގެ އިރުން (ޖަވާހިރުމާގޭ ކަނުން) ހިމެނޭ ގެތަކުގެ މީހުންނެވެ.

ބ. ތުޅާދޫ-1

F9.1

125

ބ. ތުޅާދޫ، ތުޅާދޫ ސުކޫލް، ހޯލުގެ ހުޅަނގު

މި ފޮއްޓަށް ވޯޓުލާނީ ތުޅާދޫ ރޯޝަނީމަގުގެ އުތުރުން ފީރޯޒުމަގުގެ ހުޅަނގުން (ސައިޓް އޮފީސް ކަނުން) ހިމެނޭ ގެތަކުގެ  މީހުންނެވެ.

ބ. ތުޅާދޫ-2

F9.2

126

ބ. ތުޅާދޫ، ތުޅާދޫ ސްކޫލް، މަލްޓިޕާޕަސް ހޯލު

މި ފޮއްޓަށް ވޯޓުލާނީ ރޯޝަނީ މަގުގެ ދެކުނުން ހިމެނޭ ގޭގެ މީހުންނާއި މިފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ބ. ތުޅާދޫ-3

F9.3

127

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

30 މާރިޗު 2026