ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2015/329
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 28 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރ. ވަންދޫގައި ޤާއިމުކުރެވޭ، އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ރިސްކް އެލަވަންސް:

-/8000 ރުފިޔާއާއި -/9500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީން ހަމަޖައްސާ އުސޫލުގެމަތިން ބެލެހެއްޓުމުގެ އިންތިޒާމްތައް ރާވައި ހިންގުން.
  • ޑިއުޓީ އަދާކޮށް، ޑިއުޓީ ގަޑީގައި ކޮންމެ 30 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގައި، ބަލައި، ޗެކްކުރުން.
  • ފެސިލިޓީގެ އެއްވެސް އިމާރާތަކަށް ނުވަތަ މެޝިނަރީއަކަށް ގެއްލުމެއް ލިބިފައިވާނަމަ، މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވީހާވެސް އަވަހަކަށް އެކަން ގެނައުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  4. މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި، އުމުރުން 20 އަހަރާއި 50 އަހަރާ ދެމެދުގެ މީހަކުކަމުގައިވުން.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ރިސްކް އެލަވަންސް:

-/7000 ރުފިޔާއާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް، މި މިނިސްޓްރީއިން ހަމަޖައްސާ އުސޫލުގެމަތިން ބެލެހެއްޓުން.
  • ޑިއުޓީ ގަޑީގައި ކޮންމެ 30 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގައި، ބަލައި، ޗެކްކުރުން.
  • ފެސިލިޓީގެ އެއްވެސް އިމާރާތަކަށް ނުވަތަ މެޝިނަރީއަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ؛
  2. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި، އުމުރުން 20 އަހަރާއި 50 އަހަރާ ދެމެދުގެ މީހަކުކަމުގައިވުން.

މަޤާމު:

މެއިންޓަނަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ރިސްކް އެލަވަންސް:

-/8500 ރުފިޔާއާއި -/10000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ޢިމާރާތްތަކާއި ވަސީލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަރާމާތުތައްކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  4. މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި، އުމުރުން 20 އަހަރާއި 50 އަހަރާ ދެމެދުގެ މީހަކުކަމުގައިވުން.

އިތުރު އިނާޔަތްތައް:

ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ކެއުމާއި ހުރުން، ރ. ވަންދޫގައި ހަމަޖައްސައިދެވޭނެއެވެ. އަދި ރ.އިންނަމާދޫއާއި ރ.ރަސްމާދޫގައި ދިރިއުޅޭ ފަރާތްތަކަށް ޑިއުޓީ ނިންމުމަށްފަހު  އެނބުރި ރަށަށް ދިއުމުގެ ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ.
  2. އިންޓަވިއު.
  3. މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

އިތުރު މަޢުލޫމާތު:

  • އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ނުވަތަ 3018419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑިއާއި، ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޑިސެންބަރު 28 ހޯމަދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

5 ރަބީޢުލްއައްޥަލް 1437

16 ޑިސެންބަރު 2015