ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MRDC/IFB/2015/48
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 07 ޖަނަވަރީ 2016 13:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕީ.ވީ.ސީ ޕައިޕް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޕީ.ވީ.ސީ ޕައިޕް ސަޕްލައިކުރުން

މި ކޯޕަރޭޝަންގެ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕީ.ވީ.ސީ ޕައިޕް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނެންވެއެވެ.

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 21 ޑިސެންބަރު 2015 ން 24 ޑިސެންބަރު 2015 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު، ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާ އަށެވެ. އަދި މި ފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. 

ޕްރީ-ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 07 ޖަނަވަރީ 2016 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލްއަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އެމް.އާރ.ޑީސީ. އަށް ޕީ.ވީ.ސީ ޕައިޕް ސަޕްލައިކުރުން: 07 ޖަނަވަރީ 2016 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޯޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 7 ޖަނަވަރީ 2016 ގެ 13:00 ގައި މި ކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސްގެ މާލަމުގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓު ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މި ކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީއިން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބުކުރައްވާ ފަރާތަކާ މަސައްކަތް ޙަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުންވުން އެދެމެވެ.

ފޯން:          3320657 960+  ނުވަތަ  9911606 960+

ފެކްސް:         3317133 960+

އީ-މެއިލް:      [email protected]  

ވެބް ސައިޓް:      www.mrdc.com.mv     

04 ރަބީޢުލްއައްވަލް 1437 

15 ޑިސެންބަރު 2015