ބީލަން
ނަންބަރު: GS-207/IUL/2026/003
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 07:26
ސުންގަޑި: 07 އޭޕްރިލް 2026 00:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

އިޢުލާން

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

             ވިޔަފާރީގެ އުޞޫލުން 01 ޖަނަވަރީ 2026 ން 30 އޑިސެމްބަރ 2026 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ  GS-207/IUL/2025/037 އިޢުލާނާއި ގުޅިގެން ޕްރޮކިއުމެންޓް އެޕީލް ބޯޑަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު، އެ ބޯޑުގެ ފަރާތުން އިޢުލާން ބާޠިލްކުރުމަށް ވަނީ ސްކޫލަށް އަންގާފައެވެ. އެހެންކަމުން އެ އިޢުލާން ބާޠިލްކޮށް އެކަމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، 01 މެއި 2026 ން 30 އެޕްރީލް 2027 ގެ ނިޔަލަށް މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި " ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ

.މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

މީޓިންގ ހަމަޖެހިފައިވާ ގޮތް

ތާރީޚް

ގަޑި

ރަޖިސްޓަރީ ކުރުން

30 މާރޗް 2026 އިން 07 އެޕްރީލް 2026 އަށް

ހެނދުނު 10:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން

09 އެޕްރީލް 2026

ހެނދުނު 10:30 އަށް

 މި މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގައި އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު  (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި އިންފޮމޭޝަން ޝީޓް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި ވާނެއެވެ.

 ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް، ބިޑާއި ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ބިޑް ފޮތް ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ޔަގީންކުރުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

 

  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 އާއި ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 މާރިޗު 2026