ބީލަން
ނަންބަރު: IUL-1069/C/2026/15
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 21:33
ސުންގަޑި: 01 އޭޕްރިލް 2026 16:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2026 ވަނަ އަހަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ

ގއ.އަތޮޅު ތައުލީމީ މަރުކަޒު

  ގއ.ވިލިނގިލި

  

                                                     ޕްރޮކިއުމަންޓް ނަންބަރު: MISC-1069-C/2026/02

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2026 ވަނަ އަހަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ:

  1. 2026 ވަނަ އަހަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން (IUL-1069/C/2026/13 ) އާއި ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު މަދު ކަމަށް ފެންނާތީވެ އެ އިއުލާން ބާތިލުކޮށް، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 މާރިޗު 29 އިން 2026  އޭޕްރިލް 01 އަށް ބަންދުނޫން ކޮންމެ ދުވަހަކު ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ. އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޭޕްރިލް 02 ވަނަ ދުވަހުގެ 10:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރިލް  06 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރިލް 07 ވަނަ ދުވަހުގެ 10:30 ގައިގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
  6. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 3,000/-ރ.(ތިންހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 15 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

                                   10 ޝައްވާލު 1447

                                   29 މާރިޗު 2026

29 މާރިޗު 2026