ދިވެހިރާއްޖެ
އިޢުލާން
ވޮލީ ބޯޅަ ދަސްކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލްގެ ދަރިވަރުންނަށް ވޮލީ ބޯޅަ ކުޅެން ދަސްކޮށްދީ މުބާރާތްތަކަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 މާރޗް 2026 އިން 05 އޭޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިއުލާންގައި އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށެހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ޕްރޮކިއުމެންޓް އާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 އޭޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން މި އިޢުލާނުގައި ވާ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 07 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި ދަރުމަވަންތަ ސްކޫލްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031060 އަށެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.
29 މާރޗް 2026