ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/62
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 01 އޭޕްރިލް 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަަރ-މ.ވޭވަށް އައިސްޕްލާންޓް/މިފްކޯ ހެޑް އޮފިސް

ވަޒީފާގެ ފުރުޞަތު                  


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

:މަޤާމު

 ކޭޝިއަރ

:ބޭނުންވާ ޢަދަދު

   01

:ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

:ވަޒީފާ އަދާކުރަންޖެހޭ ތަން

 މ.ވޭވަށް އައިސްޕްލާންޓް-މިފްކޯ ހެޑްއޮފީސް

:ޖުމްލަ މުސާރަ

10,201.00 ރުފިޔާ

:އިތުރު ޢިނާޔަތްތައް

 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

:ޝަރުޠު

 މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

:މަޤާމްގެ މަސްއޫލިއްޔަތުތައް

ކޮންމެ ދުވަހަކު އަންނަ ސޭލްސް ޓްރާންސެކްޝަންތަށް ޕްރޮސެސްކޮށް ފައިސާގެ ރިސީޕްޓުތަށް ކަސްޓަމަރަށް ހަވާލުކުރުން

ކޭޝް ބުކް އާއި ސޭލްސް ރިކޯޑުތަކާއި އަދ އެކަށީގެންވާ ރިޕޯޓުތަށް ކޮންމެ ދުވަހަކުވެސް ހަމައަށް  ދަމެހެއްޓުން.

ކޮންމެ ދުވަހަކު ފައިސާގެ ރިކޮންސިލިއޭޝަން އާއި ޑިސްކްރެޕެނސީތަކުގެ ރިޕޯޓު ހެދުން

ފައިސާ އާއި އިތުރު ބާވަތުގެ ޕޭމެންޓުތަށް އެ ތަކެތި ހުންނަން ޖެހޭ ތަންތަނަށް ސަމާލުކަމާއެކު ލުން

ކަސްޓަމަރުންގެ އޯޑަރުތަކާއި ކަސްޓަމަރުން ދައްކާ ޕޭމެންޓުތަށް ބަލާގަނެ އިތުރު އެހީއެއް ބޭނުންވާނަމަ އެ ކަމއެ ކަސްޓަމަރަށް ކޮށް ދިނުން

އޮޕަރޭޝަން އާއި އެއްކޮށް އެކަށީގެންވާ ކަންތަށް ކޯޑިނޭޓް ކޮށްގެން އޯޑަރުތަށް ގަޑިން ގަޑިއަށް ދޫކުރެވޭތޯ ބެލުން

ކޮންމެ ދުވަހެއްގެ ނުވަތަ ކޮންމެ ހަފްތާއެއްގެ ސޭލްސްތަކުގެ ޙުލާސާތަށް ތައްޔާރުކޮށް ޑިޕަރޓްމެންޓް މެނޭޖަރަށް ހަވާލުކުރުން

:އިންޓަރވިއުކުރުން

 އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

:ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

 ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

- ޕޮލިސް ރިޕޯރޓް

:ތަކެތި ހުށަހަޅަންޖެހޭ އޮފީސް

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ

އަށެވެ [email protected] އީމެއިލް ކުރައްވާނީ.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 01 އޭޕްރިލް 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

 މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

29 މާރިޗު 2026