މަސައްކަތް
ނަންބަރު: GS158/I/2015/31
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 22 ޑިސެންބަރު 2015 11:00
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އައުޓްސޯސް އުސޫލުން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސްކޫލުގެ ސެކިއުރިޓީ 1 އަހަރުދުވަހުގެ މުއްދަތަށް (1 ޖަނަވަރީ 2016 އިން 31 ޑިސެންބަރު 2016 އަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 2015 ޑިސެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 27 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިސްކޫލުގެ ނަންބަރު 6680803 ފޯނަށް ގުޅުއްވުން އެދެމެވެ. 

28 ޞަފަރު 1437
10 ޑިސެންބަރު 2015