ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހަށް ބޭނުންވާ 12 ހައި-އެންޑް ޕްރޮކްސިމިޓީ ކާޑު ރީޑަރ ވިއްކާނެ ފަރާތެއް ހޯދުން
މި އޮފީހަށް ބޭނުންވާ މި ދަންނަވާ، 12 ހައި-އެންޑް ޕްރޮކްސިމިޓީ ކާޑު ރީޑަރ ވިއްކާނެ ފަރާތެއް ހޯދުމަށް 3 މާރިޗު 2026 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2026/31 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ޙާޟިރުވެފައި ނުވާތީ، އަލުން އިޢުލާނުކުރަމެވެ.
Qty.12 (AC-1100SC) UBio- AC1100SC High-end Proximity Card Reader
މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މަޢުލޫމާތު، 2026 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ، އަދި މުއްދަތު ހަމަވުމުގެ ފަހުން ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 އެޕްރީލް 7 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.