ދިވެހިރާއްޖެ
ރ.އަލިފުށީ ބޮޑުތަކުރުފާނުމަގުގެ އުތުރުން، ކޮއިގޯތިމަގުގެ ހުޅަނގުން، އަލިފުށި ޑިވެލޮޕްމަންޓް ސޮސައިޓީ (އޭޑީއެސް) އަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އިރުން، އޮތް ބިމުން 10000އަކަފޫޓް ބިން ސާފުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އެޕްރީލް 7ވާ އަންގާރަ ދުވަހުގެ 11:00ށް އިދާރާއަށް ޚާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 އަދި 19/2014ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަގުހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ރަސްމީ ދުވަސްތަކުގައި ލިބެންހުންނާއެވެ.
މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
10 ޝައްވާލް 1447
29 މާރިޗް 2026