މަސައްކަތް
ނަންބަރު: (IUL)GS56/2015/39
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 24 ޑިސެންބަރު 2015 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު IUL)GS56/2015/37) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

1. މަސައްކަތުގެ ތަފުސީލު:

    ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ 01 އަހަރުދުވަހުގެ މުއްދަތަށް (01 ޖަނަވަރީ 2016 އިން 31 ޑިސެންބަރު 2016 އަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2. ސްކޫލް ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު މަޢުލޫމާތު

  1. ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ޑިޔުޓީގަޑިއަކީ ހަވީރު 5:00 ން ހެނދުނު 7:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަންވާނެއެވެ.
  2. ޑިޔުޓީގައި ހުންނަ މީހަކު އޮފީހުގެ ދިދަ ހެނދުނު 6:00 ގައި ނަގައި، އިރުއޮއްސި 6:00 ގައި ތިރިކުރަންވާނެއެވެ.
  3. ޑިޔުޓީގައި މަދުވެގެން އެއް ވޮޗަރު ހުންނަންވާނެއެވެ.
  4. ޑިޔުޓީއެއްގެ ދިގުމިނަކީ ލޭބަރ ލޯގައި ބަޔާންވެގެންވާ ގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
  5. ޑިޔުޓީގައި ތިބޭ މުވައްޒަފުން ތިބެންޖެހޭނީ ކޮންބައެއްކަން އެނގޭ ޔުނީފޯމެއް އަޅައިގެންނެވެ.
  6. ޑިޔުޓީގައި ހުންނައިރު އިށީންނާނެ ގޮނޑިއާއި ޑިޔުޓީ ސްޓޭޝަން ކަނޑައަޅާނީ ސްކޫލުންނެވެ.
  7. ކޮންމެ މަހެއް ފެށުމުގެ 3 ދުވަސް ކުރިން ޖެހިގެން އަންނަ މަހުގެ ޑިޔުޓީ ރޯސްޓަރ ސްކޫލް އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޑިޔުޓީގައި ހުންނަ މުވައްޒަފަކު ބަދަލުވިޔަސް އެކަން އޮފީހުގައި އެވަގުތަކު ހުންނެވި ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް އަންގަވަންވާނެއެވެ.
  8. ބިޑް ހުށަހަޅުއްވާ ފަރާތުން މި މަސައްކަތް އޮގަނައިޒް ކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ގުޅޭނެ ފޯނު ނަންބަރާއި ގުޅަންޖެހޭ މީހެއްގެ ނަމާއެކު ހުށަހަޅަންވާނެއެވެ.
  9. ބިޑް ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލެއް ހުށަހަޅަންވާނެއެވެ.
  10. އަމިއްލަ ފަރުދުންނަށާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް މިކަމަށް ކުރިމަތިލެވިދާނެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ސްކޫލެއް ހުންނަ ރަށުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  11. ގަވާއިދުން ރަޖިސްޓަރީކޮށްގެން ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ރަޖިސްޓަރީގެ ކޮޕީއާއި، ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  12. މަސައްކަތުގެ ތަޖުރިބާ ހުރިކަން ހާމަކޮށްދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުން އޭގެކުރިން ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދީފައިވާ ތަންތަނުން ދޫކޮށްފައިވާ މަސައްކަތްކުރިކަން އަންގައިދޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
  13. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ޑިޔުޓީ ގަޑިއަކީ ހަވީރު 5:00 ން ހެނދުނު 7:00 އަށެވެ. ކިޔެވުން ނޯންނަ ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިޔުޓީ ކުރަންވާނެއެވެ.
  14. ސްކޫލްގައި ބޭއްވޭ އެސްއެސްސީ / އެޗްއެސްސީ އިމްތިޙާނާއި، ޖީސީއީ އޯލެވެލް / އޭލެވެލް އިމްތިޙާނުގެ ސުވާލުކަރުދާސްތައް ސްކޫލުގެ ސެކިއުރިޓީރޫމަށް ވެއްދީއްސުރެ، އެއިމްތިޙާނުތައް ނިމިގެން ޖަވާބު ކަރުދާސްތައް ނެރެންދެން ސްކޫލުގެ ސެކިއުރިޓީރޫމުގެ ސެކިއުރިޓީ ސްކޫލުން އަންގާގޮތެއްގެ މަތިން އިތުރު އަގަކާނުލައި ބަލަހައްޓައިދޭންވާނެއެވެ.
  15. ޑިޔުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭން ވާނެއެވެ.
  16. ޑިޔުޓީގައި މަދުވެގެން އެއް ވޮޗަރު ހުންނަންވާނެއެވެ.
  17. ޑިޔުޓީއެއްގެ ދިގުމިނަކީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
  18. ޑިޔުޓީގައި ތިބޭއިރު ގަވާއިދުން ގަޑިއަކު އެއްފަހަރު ސްކޫލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި އެންމެހައި ތަންތަން ބަލައި ޗެކްކޮށް، އެއިން ތަނަކަށް އެއްވެސް ގެއްލުމެއް ލިބޭފަދަ ހާދިސާއެއް ހިނގާފައިވާނަމަ، ޑިޔުޓީ ލޮގްފޮތުގައި ރެކޯޑްކޮށް، އެކަމެއް ވަގުތުން ސްކޫލުން ޢައްޔަންކޮށްފައިވާ ފަރާތަކަށް އަންގަންވާނެއެވެ.
  19. ޑިޔުޓީ ބަދަލުވާއިރު ކުރިން ހުރި ވޮޗަރު، އަލަށް ޑިޔުޓީއާ ހަވާލުވާ މީހާއަށް ސްކޫލުގެ ޢިމާރާތްތަކާއި އެންމެހައި މުދަލާއި ތަންތަން ދައްކައި، އެއްވެސް ގެއްލުމެއް ވެފައިހުރިތޯ ރަނގަޅަށް ޗެކްކުރަން ވާނެއެވެ.
  20. ޑިޔުޓީގައި ތިބޭ މުވައްޒަފުން ތިބެންޖެހޭނީ ކޮންބައެއްކަން އެނގޭ ޔުނީފޯމެއް އަޅައިގެންނެވެ. އަދި އެމީހެއްގެ ނަންކާޑެއް ހަދައި ބޭރަށް ފެންނާނެހެން ޔުނިފޯމުގެ ޖީބުގައި ނުވަތަ ކަރުގައި އަޅުވާފައި ހުންނަންވާނެއެވެ.
  21. ޑިޔުޓީގައި ހުންނަ ވޮޗަރު ބަލަހައްޓަންޖެހޭ ސަރަޙައްދު، މަގުތަކާއެކު ފާހަގަ ކުރެވިފައި އޮންނަންވާނެއެވެ.
  22. ގަވާއިދުން ސެކިއުރިޓީ ބަލަހައްޓަންޖެހޭ ގަޑިއެއްގައި ޤުދުރަތީގޮތުން ލިބޭ ގެއްލުންތައް ފިޔަވައި، ސްކޫލުގެ ޢިމާރާތްތަކަށާއި މުދަލަށް ލިބޭ ގެއްލުންތަކަށް މަސައްކަތާ ހަވާލުވި ފަރާތުން ޒިންމާ ވާންޖެހޭނެއެވެ.
  23. ޑިޔުޓީގަޑީގައި ތިބޭ ގަޑިތަކުގައި ކަމާނުބެހޭ އެއްވެސް މީހަކު ސްކޫލުގެ ގޯތިތެރެއަށާއި ޢިމާރާތްތަކުގެ ތެރެއަށް ވައްދައިގެން ނުވާނެއެވެ.
  24. ވޮޗަރުންގެ ގޮތުގައި ތިބޭ މީހުންނަކީ އަޚުލާޤީގޮތުން ސްކޫލްތަކުގައި މަސައްކަތްކުރުމަށް އެކަށީގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ސެކިއުރިޓީ ބެލެހެއްޓުމުގައި ބޭނުންކުރަންވާނީ، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ ފަރާތްތަކެވެ. އަދި މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚުލާޤީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ އެއްވެސް މީހަކު މިކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ. މިގޮތުން މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑުފޯމު ހުށަހަޅަންވާނެއެވެ.
  25. މި މަސައްކަތުގައި ގެންގުޅުއްވަންވާނީ ޢުމުރުން 18 އަހަރުފުރިފައިވާ، ޢުމުރުން 55 އަހަރުންދަށުގެ ޞިއްޙަތުގެ ގޮތުން އެކަށީގެންވާ ދިވެހި ރައްޔިތުންނެވެ.
  26. ވޮޗަރުންގެ ގޮތުގައި މި ސްކޫލުގެ މުވައްޒަފުން ބޭނުމެއް ނުކުރެވޭނެއެވެ.

3. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  (ހ) އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

  (ށ) އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންޖެހޭނެއެވެ.

4. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  (ހ) ސްކޫލުން ދޭ، އަގު ހުށަހަޅާ ފޯމު

  (ށ) އަންދާސީހިސާބު ހުށަހަޅަނީ އަމިއްލަ ފަރާތަކުން ނަމަ، އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.

  (ނ) ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.

  (ރ) މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިޔުމެއް ލިބިފައިވާނަމަ، ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.)

5. މަސައްކަތް ހަވާލުކުރުން

  މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދެވޭނީ، އަގާއި، ތަޖުރިބާއާއި، ވަކިވަކި ޑިއުޓީގައި ބޭނުންކުރާ މުވައްޒަފުންގެ އަދަދު ބެލުމަށްފަހު އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

6. ޕޮއިންޓް ދޭނެގޮތް:

  ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިވާ މިންގަނޑުތަކަށެވެ.

  - މަސައްކަތުގެ އަގަށް    70 ޕޮއިންޓް

  - ތަޖުރިބާއަށް 18 ޕޮއިންޓް (ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)

  - ތަމްރީނު ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)   

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނުގައި ދެވިފައިވާ މަޢުލޫމާތުތަކާ އެއްގޮތަށް 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

13 ޑިސެންބަރު 2015