ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2026/ 21
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 12 އޭޕްރިލް 2026 12:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅުކޭސް ނުގެންދަވާ ފަރާތްތަކަށް އެންމެ ފަހު ފުރުޞަތު އެރުވުން.

އިޢުލާން

ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅުކޭސް ނުގެންދަވާ ފަރާތްތަކަށް އެންމެ ފަހު ފުރުޞަތު އެރުވުން.

1446 ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރަކާރުން ފޮނުއްވި މަސްދަޅުކޭސް ގޭގެއަށް ޙަވާލުކުރުމުގެ މަސައްކަތް ނިންމައި، އެކި ސަބަބުތަކާހުރެ ރޯދަހަދިޔާ ޙަވާލުނުކުރެވި ހުރި ފަރާތްތަކުން އެތަކެތި ގެންދިއުމަށް ދަންނަވައި 3 ފަހަރެއްގެ މަތިން ޢާއްމުކޮށް އިޢުލާނު ކުރެވިފައިވީ ނަމަވެސް، 113 ފަރާތަކުން މަސްދަޅުކޭސް ނުގެންދަވާ ހުރިކަން ފާހަގަ ކުރެވެއެވެ.

ވީމާ، 1446 ވަނަ އަހަރުގެ ރޯދަ ހަދިޔާ ނުގެންދަވާ ގޭބިސީތަކަށް، 12 އޭޕްރިލް 2026 (އާދީއްތަ) ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި، ހެނދުނު 09:00 އިން 12:00 އާއި ދެމެދު މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން މަސްދަޅުކޭސް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ތާރީޚުގެ ފަހުން ރޯދަހަދިޔާ - މަސްދަޅުކޭސް ދޫރުން ކުރިޔަށް ނުގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

                މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

29 މާރިޗު 2026