|
މަޤާމު
|
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީ
|
|
ބޭނުންވާ އަދަދު
|
48 (ސާޅީސް އަށެއް)
|
|
މުސާރަ
|
-/5,000 (ފަސްހާސް) ރުފިޔާ
|
|
އިތުރު އިނާޔަތްތައް
|
- މަގާމުގެ އެލަވަންސް: -/4،660 (ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ
- ހާޒިރީ އިނާޔަތް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/75 (ހަތްދިހަ ފަހެއް) ރުފިޔާ
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާ އެއްގޮތަށް، ކޮއްތުފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ފައިސާއާއި، އެހެނިހެން އިނާޔަތްތައް.
|
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް
|
ކަސްޓަމްސްގެ އޮފީސްތައް
|
|
މަޤާމުގެ ޝަރުޠު
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛
ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު
|
ކަސްޓަމްސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ މޯލްޑިވސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނޯޓް: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީއާއި، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، އަދި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ހުށަހަޅަންޖެހޭނީ މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކުންނެވެ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް.
- ވަޒީފާ އަދާ ކުރަމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
- މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ވަޒީފާއާ ގުޅޭ އެހެނިހެން ލިޔުންތައް.
|
|
ސުންގަޑި
|
މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަންވާނީ 1 އޭޕްރިލް 2026 (ބުދަ) ރޭގަނޑު 23:00 ގެ ކުރިން މި ސަރވިސްގެ އީމެއިލް: [email protected] މެދުވެރި ކޮށެވެ.
|
|
ވަޒީފާއަށް އެދި ހުށަހެޅުން
|
- ވަޒީފާއަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް އެޓޭޗްކުރަންވާނެއެވެ.
https://www.customs.gov.mv/Media/Documents/careers
- ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ.
|
|
އެހެނިހެން ކަންކަން
|
- މި މަޤާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާދެމެދު މީހުންނަށެވެ. އެގޮތުން އުމުރުފުރާ ބަލާނީ 2026 އޭޕްރިލް 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
- މި މަޤާމަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަ ކުރަން ޖެހޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަކާ މުޢާމަލާތް ކުރަންޖެހޭ ޙާލަތްތަކުގައި މިއިދާރާއިން ބޭނުންކުރާނީ އެޕްލިކޭޝަން ފޯމުގައިވާ މޮބައިލް ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހެވެ.
- މި މަޤާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަދި ކިޔަން އެނގޭވަރަށް ސާފުކޮށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- މި މަޤާމުތަކަށް މީހުން ހޮވާނީ، "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (https://www.customs.gov.mv/Media/Documents/careers) ފެންނަން ހުންނާނެއެވެ.
- މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށް ބަލައި، މި މަޤާމުތަކަށް މީހުން ހޮވުމަށްޓަކައި ބޭއްވޭ ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝަރުޠުހަމަވާ ފަރާތްތަކަށް އަދި އެއަށްފަހު އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި ސަރވިސްގެ ވެބްސައިޓް (www.customs.gov.mv) ގައި ޝާޢިއުކުރެވި އަދި އެކަން އެންގުމަށްޓަކައި ދިވެހި ސަރުކާރުގެ އާއްމުކޮށް އިޢުލާން ކުރެވޭނެވެ.
|