ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2026/6
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 08 އޭޕްރިލް 2026 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރ

މަޤާމު:

 ގްރެފިކްސް ޑިޒައިނަރ

މަޤާމުގެ ނަންބަރު:

 GMD7-2026-1

ބޭނުންވާ އަދަދު:

 01

މަޤާމުގެ ބާވަތް:

 ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

 07

މަޤާމުގެ ކްލެސިފިކޭޝަން:

 ގްރެފިކް އެންޑް މަލްޓިމީޑިއާ ޑިޒައިނަރުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

 -/10,525 ރުފިޔާ

މަޤާމުގެ އެލަވަންސް:

 -/4,915 ރުފިޔާ

ހާޒިރީ އެލަވަންސް:

 -/135 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

 މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ދާއިރާތައް

  • ގްރެފިކް ޑިޒައިން،ގްރެފިކްސް އެންޑް ޑިޖިޓަލް ޑިޒައިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، ގްރެފިކް ޑިޒައިން އެންޑް ޓައިޕޯގްރަފީ، ގްރެފިކް ކޮމިއުނިކޭޝަން ، ގްރެފިކް ކޮމިއުނިކޭޝަން ޑިޒައިން، ގްރެފިކް ޑިޒައިން އެންޑް ޑިޖިޓަލް މަރކެޓިން، ގްރެފިކް އާޓްސް، ކޮމްޕިއުޓަރ ގްރެފިކް ޑިޒައިން.
  • މަލްޓިމީޑިއާ ޑިޒައިން، މަލްޓިމީޑިއާ ޓެކްނޯލޮޖީ، މަލްޓިމީޑިއާ ޕްބްލިކް ރިލޭޝަންސް.
  • މީޑިއާ ޑިޒައިން، މީޑިއާ ކޮމިއުނިކޭޝަން، މީޑިއާ އެންޑް އާޓްސް ޓެކްނޮލޮޖީ، ޑިޖިޓަލް މީޑިއާ ޑިޒައިން، އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިކްސް، އިމަރޖިންގ މީޑިއާ، މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް.
  • ކޮމިއުނިކޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝްންސް، ވިޝުއަލް ކޮމިއުނިކޭޝަންސް، އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝްން.
  • ޑިޒައިން، ޑިޖިޓަލް ޑިޒައިން ވިޝުއަލް ޑިޒައިން، ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން، އިންޓަރެކްޝަން އެންޑް އެކްޕީރިއަންސް ޑިޒައިން، ޑިޒައިން އެންޑް އެޑްވަޓައިޒިންގ، އިލްސްޓްރޭޝަން، ވިޝުއަލް އާޓްސް، ވިޝުއަލް އިފެކްޓްސް، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން، އެނިމޭޝަން، ޑިޖިޓަލް މާކެޓިންގ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 1. އޮފީހުން އާންމުކުރާ އެކިއެކި މަޢުލޫމާތުތަކާއި ހިންގާ ކެމްޕޭންގތަކަށް ބޭނުންވާ ގްރެފިކްސް އަދި އެނިމޭޝަންތައް ޑިޒައިންކޮށް ތައްޔާރުކުރުން.

 2. އޮފީހުން ތައްޔާރުކުރާ ކޮންޓެންޓްތަކާ ގުޅުންހުރި ދާއިރާތަކުން އުފެއްދުންތެރި ކްރިއޭޓިވް ޚިޔާލުތައް ހުށަހަޅައި، ޑިޒައިންތައް ތައްޔުރުން.

 3. އޮފީހުގެ ޕަބްލިކޭޝަންތަކާއި އެކިއެކި ލިޔުންތަކާއި ފޮތްތަކަށް ބޭނުންވާ ލޭއައުޓްތަކާއި ޑިޒައިންތައް ތައްޔާރުކުރުން.

 4. އޮފީހުގެ އެކިއެކި ހަފްލާތަކާއި ބާއްވާ އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރާނެ ގްރެފިކްސް އަދި އެނިމޭޝަންތައް ތައްޔާރުކޮށްދިނުމާއި، އެ އިވެންޓްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޮގްރަފީ ތައްޔާރުކޮށް ބެލެހެއްޓުން.

 5. އޮފީހުގެ ވެބްސައިޓަށް ބޭނުންވާ ފޮޓޯތަކާއި ވެބްސައިޓުގެ އާކައިވްކުރަންޖެހޭ ފޮޓޯތަކުގެ ލައިބްރަރީއެއް ޤާއިމްކޮށް ބެލެހެއްޓުން.

 6. އޮފީހުގެ ވެބްސައިޓަށް ބޭނުންވާ އެކިއެކި އެނިމޭޝަންތަކާއި މީޑިއާ ޕޯސްޓްތައް ޑިޒައިންކޮށް ތައްޔާރުކުރުން.

 7. އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭނުންކުރުމަށް، އެ ޕްލެޓްފޯމަކާ އެކަށީގެންވާ ގްރެފިކްސް ނުވަތަ އެނިމޭޝަންތައް ޑިސައިންކުރުމާއި ތައްޔާރުކުރުން.

 8. އޮފީހުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހެންޑުލްތައް، އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން، ބަލަހައްޓައި އަޕްޑޭޓްކުރަމުން ގެންދިއުން.

 9. އޮފީހުން ބަލަހައްޓާ އެމް.ވީ.ލޯގެ ވެބްސައިޓަށް ބޭނުންވާ އެކިއެކި ގްރެފިކްސްތަކާއި އެނިމޭޝަންތައް ތައްޔާރުކުރުން.

 10. އޮފީހުގެ އެތެރޭގައި ބޭނުންކުރާނެ ރަސްމީ ލިޔުންތަކުގެ ޑިޒައިންތައް ތައްޔާރުކޮށް، އެއަށް ބޭނުންވާ ގްރެފިކްސް އަދި އެނިމޭޝަންތައް ހެދުން.

މިނޫންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 1)  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)  

 2)  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

 3)  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.

 4)  އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5)  މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6)  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  • ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ މަޤާމާއި ރޭންކް، ކްލެސިފިކޭޝަން، ލިބޭ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
  • އުވާލާފައިވާ އިދާރާއެއްނަމަ، މި އޮފީހުގެ ވެބްސައިޓުގައި "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމު"، އެ އިދާރާއަކަށް ނިސްބަތްވާ އިސްވެރިއެއް މެދުވެރިކޮށް ފުރިހަމަކުރުމަށް.

 7)  18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޭޕްރިލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]  އަށެވެ.
  • އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ ފެބުރުއަރީ ނުވަތަ މާރިޗު މަސް ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް  https://agoffice.gov.mv/dv/publications?category=26އިން ލިބެން ހުންނާނެއެވެ.
26 މާރިޗު 2026