ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2026/64
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 09 އޭޕްރިލް 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން) މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު:

ސީނިއަރ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ

މަޤާމް ނަންބަރ:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރާއި 11 މަސް)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރިސް ރޭންކް 9 – ހަރުފަތް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

އަސާސީ މުސާރަ:

މަހަކު -/13560 ރުފިޔާ، (ތޭރަހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

މަހަކު -/6330 ރުފިޔާ، (ހަ ހާސް ތިންސަތޭކަ ތިރީސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/170 ރުފިޔާ، (ސަތޭކަ ހަތް ދިހަ ރުފިޔާ)
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓެރެޓަޖީތަކާއި އެއްގޮތަށް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލަފާ ދިނުމާއި އެ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރު ކަމާއެކު ކުރުމާއި ކުރުވާ ބެލެހެއްޓުން.
  2. އިންފްރާސްޓްރަކްޗަރ ސެކްޝަންގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި  މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް އިންތިޒާމް ކުރުމާއި ކުރުވާ ބެލެހެއްޓުމާއި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލައި ރިޕޯޓްކުރުން
  3. އިންފްރާސްޓްރަކްޗަރ ސެކްޝަނުގެ މަސައްކަތްތައް ބެލެހެއްޓުމުގައި ޚިދުމަތްތައް ދޭ ދާއިރާތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، އެޚިދުމަތްތައް އަވަސްވާނެ ގޮތަށް ކަންތައްތައް ރާވާ ހިންގުން
  4. އަލަށް ޢިމާރާތްކުރެވޭ މިސްކިތްތަކާއި، އިސްލާމިކް ސެންޓަރުތަކާއި، އެހެނިހެން އިމާރާތްތަކާއި ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެހެން އިދާރާތަކާއެކު މަޝްވަރާކުރަންޖެހޭ ކަންތައްތަކުގައި މަޝްވަރާކޮށް ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ކުރުވުން
  5. ޕީ.އެސް.އައި.ޕީ ގައި ހިމަނަންޖެހޭ މަޝްރޫޢުތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި މަސައްކަތް ހިންގާބެލެހެއްޓުން.
  6. އިންފްރާސްޓްރަކްޗަރ ސެކްޝަނުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ލަފާ ދިނުމާއި އެކަންތައްތައް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ރޭވުމާއި، ރާވާގޮތެއްގެ މަތިން ކަންތައްތައް ހިގަމުންދޭތޯ ބެލެހެއްޓުން.
  7. މާލިއްޔަތުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން މުދަލާއި ފައިސާ އާއި ބެހޭގޮތުން އަމަލުކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާއި ބެހޭ ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ޢުޞޫލުތަކާއި އެއްގޮތަށް އިންފްރާސްޓްރަކްޗަރ ސެކްޝަނުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން.
  8. ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރުމާއި ވޭރިއޭޝަން އެޕްރޫވްކުރުމުގައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އެއިރެއްގައި ހުންނަ މާލީ ޒިންމާދާރުވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިއުން.
  9. ސެކްޝަނަށް ލިބޭ ބިލްތައް ފޮނުވަންޖެހޭ ސެކްޝަންތަކަށް ޤަވައިދުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
  10. ކޮންޓްރެކްޓަރުން ހުށަޅާ ވޭރިއޭޝަންތަކާގުޅޭގޮތުން ސެކްޝަން ހެޑަށް ލަފާ ދިނުމާއި ޕްރޮޖެކްޓަކުގެ ވޭރިއޭޝަންތައް ޤަވާޢިދުގެ ތެރޭގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ހާސިލުކޮށްފައިވުން.  ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ؛
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗިލަރސް އޮނަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުނ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، އިންޓަރނޭޝަނަލް ޕްރޮޖެކްޓް މެނޭޖްމަންޓް،  ބިޒްނަސް ޕްރޮޖެކްޓް މެނޭޖްމަންޓް، އައިޓީ ޕްރޮޖެކްޓް މެނޭޖްމަންޓް، އިނޮވޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް އިންޖިނިއަރިންގ، ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް، އެނަރޖީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިނިއުބަލް ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިވެލުއޭޝަން، ޑޭޓާ އެނަލިޓިކްސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް، މެޝަރމަންޓް އެންޑް އިވެލުއޭޝަން، ޕްރޮކިއުމަންޓް މެނޭޖްމަންޓް، ލޮޖިސްޓިކްސް މެނޭޖްމަންޓް، އޮޕަރޭޝަންސް މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ކޮންސްޓްރަކްޝަން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ބިލްޑިންގ ކޮންސްޓްރަކްޝަން، ބިލްޑިންގ ސައިންސް، ކޮންސްޓްރަކްޝަން ސައިންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް، ޑިވެލޮޕްމަންޓް އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީޒް، ފައިނޭންސް، އެކައުންޓިންގ، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް، މެރީން ރިސޯސް މެނޭޖްމަންޓް، މެރީން ކޮންޒަރވޭޝަން، ސިވިލް އެންޖިނިއަރިންގ، ސްޓްރަކްޗަރަލް އެންޖިނިއަރިންގ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓ

ގުޅޭ ވަޒީފާގެ ދާއިރާ:

  1. ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.
  2. ޕްރޮޖެކްޓް ނިސްބަތްވާ ސިނާއަތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2026 އެޕްރީލް 16 އާއި 2026 މެއި   14 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

26 މާރިޗު 2026