ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2026/35
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 09 އޭޕްރިލް 2026 10:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ ޢާމްމު ބައްދަލުވުމުން ފާސްކޮށްފައިވާ ބިންތައް ކުއްޔަށް ދިނުމުގެ ތާވަލުގެ ދަށުން ގދ.ގައްދޫ ސީމް ކޯނަރގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރިވެޓްމެންޓް އާއި ދެމެދު އޮތް ހުސްބިމުން 5359  )ފަސްހާސް ތިންސަތޭކަ ފަންސާސް ނުވައެއް (  އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 09 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

26 މާރިޗު 2026