މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2015/61
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 22 ޑިސެންބަރު 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަޙައްދީ ގޮފީގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީގެ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00އަށް އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 09:00 ން މެންދުރުފަހުގެ 14:00 އާ ދެމެދު 3348263 ނަންބަރު ފޯނާއެވެ.

14 ޑިސެންބަރު 2015