ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMC-HR/1/2026/11
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 01 އޭޕްރިލް 2026 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕެނީ ސެކްރެޓަރީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު:‭(IUL)VMC-HR/1/2026/11

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ކޮމްޕެނީ ސެކްރެޓަރީ

މުސާރަ (މަހަކު): -/19,602 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/6,861 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/5,881 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ބޯޑް ސެކްރެޓޭރިއޭޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ހާޞިލްކޮށްފައިވުން (އަދި)،

ށ. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން މަދުވެގެން 3 އަހަރު މެނޭޖީރިއަލް ލެވެލްގެ މަގާމެއްގައި މަސައްކަތްކޮށްފައިވުން.

 (ނުވަތަ)

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ހާޞިލްކޮށްފައިވުން (އަދި)،

ށ. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން މަދުވެގެން 3 އަހަރު މެނޭޖީރިއަލް ލެވެލްގެ މަގާމެއްގައި މަސައްކަތްކޮށްފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޕަރޭޝަން ހިނގަމުންދަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އަދި/ނުވަތަ ކޯޕަރޭޝަނުން ތަބާވާންޖެހޭ ރެގިއުލޭޓަރުން އެކުލަވާލާފައިވާ އުސޫލުތަކާއި އެންގުންތަކާއި އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއެކު އެކަންކަމާ ގުޅޭގޮތުން މެންބަރުންނަށް ދޭންޖެހޭ ލަފަޔާ އިރުޝާދު ދިނުން.
  2. ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، ކޯޕަރޭޝަނުން ތަބާވާންޖެހޭ ރެގިއުލޭޓަރުންނާއި، މޮނިޓަރިން އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
  3. ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކާއި، އަދި މެންބަރުންގެ އާންމު ޖަލްސާތަކާއި ހާއްސަ އާންމު ޖަލްސާތައް ބޭއްވުމަށް ބޭނުންވާ މައުމާތާއި ލިޔެކިއުންތައް ކޯޕަރޭޝަނުގެ ކަމާގުޅޭ ޑިޕާޓްމަންޓްތަކުން ހޯދައި އެކަށީގެންވާ ވަގުތު އޮއްވައި ބޯޑު ޑިރެކްޓަރުންނަށް ފޯރުކޮށްދިން.
  4. ކޯޕަރޭޝަނާއި ގުޅޭގޮތުން، ކޯޕަރޭޝަންގެ ހިއްސާދާރާއި، ރެގިއުލޭޓަރުންނާއި، މޮނިޓަރިން އިދާރާތަކާއި އަދި އެހެނިހެން ފަރާތްތަކާ މުއާމަލާތުކުރުން.
  5. ކޯޕަރޭޝަންގެ ބޯޑާއި މެނޭޖިންގ ޑިރެކްޓަރާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކޮށް، ބޯޑާއި މެނޭޖްމަންޓާ ދެމެދު އޮންނަންވާނެ ޕްރޮފެޝަނަލް ގުޅުން ބޭއްވުމަށް އެހީތެރިވެދިނުން.
  6. ކޯޕަރޭޝަންގެ ދުސްތޫރާއި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި، އަދި އެހެނިހެން ރެގިއުލޭޓަރުން އެކުލަވާލާފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންޖެހޭ ކޯޕަރޭޝަންގެ ދަފްތަރުތަކާއި ރިކޯޑުތައް، އަދި އެހެނިހެން ލިޔެކިއުންތައް ކަމާގުޅޭ ޑިޕާޓްމަންޓްތަކާ ގުޅިގެން ތައްޔާރުކޮށް ބެލެހެއްޓުން.
  7. ކޯޕަރޭޓް ގަވަރނަންސް ކޯޑްތަކާއި، ކޯޕަރޭޝަންގެ ރެގިއުލޭޓަރުންގެ އެހެނިހެން އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޕަރޭޝަނުގެ ބޯޑު ޑިރެކްޓަރުންގެ މަސްލަހަތު ފުށުއަރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލައި ބަލަހައްޓަމުން ގެންދިއުން.
  8. ކޯޕަރޭޝަންގެ ގާނޫނާއި، ކޯޕަރޭޝަނުން ތަބާވާންޖެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާއި، އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލަންޖެހޭ ރިޕޯޓްތައް ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެކުލަވާލާކަން ކަށަވަރުކުރުން.
  9. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮށް ހާމަކުރަންޖެހޭ މައުލާމާތުތައް ހާމަކުރެވޭކަން ކަށަވަރު ކުރުން.
  10. ކޯޕަރޭޝަނުގެ ބޯޑާއި އަދި ބޯޑުގެ ޗެއަރމަންގެ ލަފާޔާއި އިރުޝާދުގެ މަތިން އަލަށް އައްޔަނުކުރެވޭ ބޯޑު މެންބަރުންނަށް ދޭންޖެހޭ އިންޑަކްޝަން ޕްރޮގްރާމް ދިނުމާއި އެހެނިހެން ތަމްރީނުތައް ކަމާބެހޭ ޑިޕާޓްމަންޓްތަކާ ގުޅިގެން ދިނުން.
  11. ކޯޕަރޭޝަނުގެ ބޯޑުން އެކުލަވާލާ އުސޫލެއްގެ ދަށުން ކޯޕަރޭޝަންގެ ބޯޑު މެންބަރުންގެ އަހަރީ އިވެލުއޭޝަން ހެދުމާއި، އިވެލުއޭޝަންގައި ފާހަގަކުރެވޭ ކަންކަމާގުޅޭ ގޮތުން ބޯޑަށް ލަފާދިނުމާއި އަދި އިވެލުއޭޝަން ރިޕޯޓް ޕްރައިވަޓައިޒޭޝަން ބޯޑާ ހިއްސާކުރުން.
  12. ކޯޕަރޭޝަނާ ގުޅޭ ކަންކަމުގައި ކޯޕަރޭޝަނުގެ ބޯޑު މެންބަރުން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ބޯޑުން ކަނޑައަޅާ އުސޫލެއްގެ މަތިން ބޯޑު މެންބަރުންނަށް ފޯރުކޮށްދިނުން.
  13. ބޯޑުގެ ޗެއަރމަންގެ ލަފާގެ މަތިން ބޯޑުގެ އަހަރީ ޕްލޭން އެކުލަވާލައި ބޯޑަށް ހުށަހެޅުން.
  14. ކޯޕަރޭޝަނުގެ ބޯޑުގެ އިރުޝާދުގެ ދަށުން ބޯޑާއި ކޮމިޓީތަކުގެ ޗާރޓަރުތަކާއި، ޓްރެއިނިންގް މެނުއަލް އަދި ޓަރމްސް އޮފް ރިފަރެންސަސް ކަމާބެހޭ ޑިޕާޓްމަންޓްތަކާ ގުޅިގެން އެކުލަވާލުން.
  15. ބޯޑަށް ހުށަހެޅޭ ޕޭޕަރުތަކާއި ގުޅޭ ދަފްތަރެއް އެކުލަވާލައި ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  16. ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  17. ބޯޑުގެ ކޮމިޓީތަކާއި ގުޅޭ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމާއި ބޯޑު ކޮމިޓީތަކުގެ ޔައުމިއްޔާއާއި ލިޔުންތައް ބެލެހެއްޓުން.
  18. ކޯޕަރޭޝަނުން ވަކި މުއްދަތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި އެހެނިހެން ކަންކަމުގެ ސުންގަޑިތައް ކޯޕަރޭޝަނުގެ ބޯޑު ޑިރެކްޓަރުންގެ ސަމާލުކަމަށް ގެނައުން.
  19. ކޯޕަރޭޝަނުން ޢަމަލުކުރަންޖެހޭ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ގައިޑްލައިންތަކާއި އަދި އެހެނިހެން ކަންކަމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އަދާހަމަކޮށް ކޯޕަރޭޝަނުގެ ބޯޑުގެ ސަމާލުކަމަށް ގެނައުން.
  20. މީގެ އިތުރުންވެސް ކޯޕަރޭޝަނުގެ ބޯޑުން ކަނޑައަޅާ މަސައްކަތްތައް ކުރުން.
  21. ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

01 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

 

26 މާރިޗު 2026