މަސައްކަތް
ނަންބަރު: (IUL)299/299/2026/16
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 15 އޭޕްރިލް 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން            

ރ. ވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 

ރ. ވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތު ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2026 މާރިޗް 26 ވަނަ ދުވަހުން ފެށިގެން 2026 އޭޕްރިލް 05 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2026 އޭޕްރިލް 05 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. އަދި 2026 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2026 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ. ބީލަމުގައި ބައިވެރިވެލެއްވުމަށް ނަންނޯޓު ކުރެއްވުމަށް މި މިއިއުލާނާއިއެކު އާއްމުކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއިއެކު، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް މިއިދާރާގެ އީމެއިލް [email protected]  އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

26 މާރިޗު 2026