މަސައްކަތް
ނަންބަރު: (IUL) A-294/2015/66
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 22 ޑިސެންބަރު 2015 14:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނާރސަރީ، ބޭބީ ނާރސަރީ އަދި ޤުރްއާން ކްލާހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ

ނ. މަނަދޫ ޕްރީސްކޫލުގައި ނާރސަރީ، ބޭބީ ނާރސަރީ އަދި ޤުރުއާން ކުލާހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ.

ނ. މަނަދޫ ޕްރީސްކޫލް ހިންގަމުންދިޔަ އިމާރާތުގައި ނާރސަރީ، ބޭބީ ނަރސަރީ އަދި ޤުރުއާން ކުލާހެއް 2016 ވަނަ އަހަރުން ފެށިގެން 05 އަހަރުގެ މުއްދަތަކަށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހު މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެކަމާ ގުޅޭ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

3 ރަބީޢުލްއައްވަލް 1437

14 ޑިސެންބަރު 2015