މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2015/62
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 24 ޑިސެންބަރު 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވީޑިއޯ ކޮންފަރެންސިންގް ސިސްޓަމެއް ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގައި ވީޑިއޯ ކޮންފަރެންސިންގް ސިސްޓަމެއް ޤާއިމު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 09:00 ން މެންދުރުފަހުގެ 14:00 އާ ދެމެދު 3348227 ނަންބަރު ފޯނާއެވެ.

15 ޑިސެންބަރު 2015