ކުއްޔަށް ދިނުން
ނަންބަރު: (IUL)264/PRIV/2026/29
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 30 މާރިޗު 2026 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީން ހިންގުމަށް ބިން ދޫކުރުމާއި ގުޅޭ

        ކައުންސިލް ކަޕް 2026 ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ކެންޓީނު ހިންގުމަށް 04 ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ، ކެންޓީނު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް 30 މާރިޗް 2026 ވާ (ހޯމަ) ދުވަހުގެ 10:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

        އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

        އަންދާސީ ހިސާބު ހުށަހަޅާ ފޯމް، ބިން ދޫކުރާ ސަރަޙައްދު އެނގޭނޭ ޗާރޓް އަދި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

25 މާރިޗު 2026